ބޭރުދުނިޔެ

އިންޑިއާގެ އައު ނައިބްރައީސް ހޮވުމަށް ބޭއްވުނު އިންތިޚާބުގެ ވޯޓުގުނަން ފަށައިފި

ނިއުދިއްލީ – އިންޑިއާގެ ދެން އަންނަ ނައިބު ރައީސް އިއުލާން ކުރުމަށް ވޯޓު ގުނަން ފެށީ ) ހޮނިހިރުދުވަހު) މިއަދު އެވެ. އޭގެ ނަތީޖާ ވަރަށް އަވަހަށް ލިބޭނެ ކަމަށް ބެލެވެ އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި 10 ޖަހާއިރު ފެށި ވޯޓްލުން ނިންމާލީ ހަވީރު 5 ޖަހާއިރު އެވެ.

މި އިންތިޚާބުގައި ވާދަކުރަނީ ހުޅަނގު ބެންގަލްގެ ކުރީގެ ގަވަރުނަރު އަދި އެންމެ ކުރީގައި ހުންނެވި އެންޑީއޭގެ ކެންޑިޑޭޓް ޖަގްދީޕް ދަންޚާރާއި ޔޫނިއަން މިނިސްޓަރުކަން ކުރެއްވި އިދިކޮޅު ކެންޑިޑޭޓް މާގްރެޓް އަލްވާ އެވެ.

ނައިބު ރައީސްގެ އިންތިޚާބުގައި ހޮނިހިރު ދުވަހު ވޯޓު ދެއްވި ސިޔާސީ އިސް ލީޑަރުންގެ ތެރޭގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަދި ކޮންގްރެސްގެ ރައީސް ސޯނިއާ ގާންދީ ހިމެނެ އެވެ. ޔޫނިއަން މިނިސްޓަރުން ކަމަށްވާ އަމިތު ޝާހާއި ރާޖްނާތު ސިންގް އަދި ބީޖޭޕީގެ ރައީސް ޖޭޕީ ނައްޑާ ވެސް އެހެން މެމްބަރުން ފަދައިން ވޯޓު ލެއްވިއެވެ.

ނައިބު ރައީސް އިންތިޚާބު ކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ދެ ގެއެއްގެ މެންބަރުން ހިމެނޭ އިލެކްޓޯރަލް ކޮލެޖަކުން، ނިސްބަތުން ތަމްސީލުކުރުމުގެ ނިޒާމާ އެއްގޮތަށް، ބަދަލުކުރެވޭ އެއް ވޯޓެއްގެ ޒަރީއާއިންނެވެ. ވޯޓް ދެނީ ސިއްރު ވޯޓަކުންނެވެ. ނައިބު ރައީސް ގެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް އިލެކްޓޯރަލް ކޮލެޖުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ދެ ގޭގެ ހުރިހާ މެންބަރުންނެވެ.

ޑރ މަންމޯހަން ސިންގް، 89، ވޯޓުލުމަށް ފުރޮޅުލީ ގޮނޑިއެއްގައި ވަޑައިގެންފައިވާއިރު، މަޖިލީހުގެ އެހެން މެމްބަރުންގެ އިތުރުން ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވެސް ވަނީ ވޯޓް ދެއްވާފަ އެވެ.

މިހާރުގެ ނައިބު ރައީސް އެމް ވެންކައިޔާ ނައިދޫގެ ދައުރު ނިމޭތާ އެއް ދުވަސް ފަހުން އިންޑިއާގެ އައު ނައިބު ރައީސް އިއުލާން ކުރާނެއެވެ.  ހުވާ ކުރައްވާނީ 11 އޮގަސްޓްގަ އެވެ.

އެއް ކޮމެންޓް

  1. މިއަދު ހެނދުނުގެ ވަގުތެއްގައި 10 ޖެހިއިރު މިހެން ލިޔަން ޖެހޭނީ މިލިޔުން ނިކުމެފަްިނީ. 9 މިނެޓް ކުރިން ކަމުގައި ވީމަ! ފާއިތުވެ ގޮސްފައި ވާ ކަންކަމުގައި މިބަސް ބޭނުން ކުރަންވާނީ މިހެން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close