ޚަބަރު

ރާއްޖޭގެ ކޮވިޑް ޙާލަތު “ރަތް” އެލާޓަށް

ރާއްޖޭގެ ކޮވިޑް ޙާލަތު އޮރެންޖު އެލާޓުން ރަތް އެލާޓަށް ބަދަލުކޮށްފިއެވެ. މިބަދަލުގެނެސްފައިވަނީ ރޭގައެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު ބަޔާން ކޮށްދިނުމަށް އެޗްޕީއޭގެ ފަރާތުން ހަތަރު ކުލައެއް އަންނަނީ ބޭނުން ކުރަމުންނެވެ. އެއީ ހުދާއި ރީނދޫ އަދި އޮރެންޖާއި ރަތެވެ. ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން 1400 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. އެހެންކަމުން އެޗްޕީއޭ އިން ވަނީ ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަތަށް ބަދަލު ކޮށްފައެވެ.

މީގެކުރިން ރާއްޖެ ރަތް އެލާޓުގައި އޮތީ ލޮކްޑައުން އަކަށް ރާއްޖެ ދިޔައިރުއެވެ. ނަމަވެސް އޭގެފަހުން ރެއާ ޖެހެންދެން ރާއްޖެ އޮތީ އޮރެންޖު އެލާޓުގައެވެ.

އިއްޔެއަކީ މިފަހުގެ ތާރީހެއްގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އެޗްޕީއޭ އިން ރޭ ބުނީ މުޅި ރާއްޖެއިން 1420 މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެއީ މާލެ ސަރަހައްދުން 826 މީހުންނާއި އަތޮޅުތަކުން 346 މީހުންނާއި ރިސޯޓުތަކުން 84 މީހުންނެވެ.

އިއްޔެ ޕޮޒިޓިވްވި އަދަދާއެކު އެކްޓިވް ކޭސްތަކުގެ އަދަދު 6،993 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ރޭ ވަނީ ހާމަ ކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close