ޚަބަރު

ފާރިސް ހުންނެވީ ވެރިކަމަށް ކުރިމަތިލައްވަން ޖެހުނަސް އެކަންވެސް ކުރައްވާގޮތަށް!

ޤައުމު ހަމަ މަގަށް އެޅުވެން އަންނަނީ ފާރިސް ވެރިކަމަށް ކުރިމަތިލައްވައިގެން ކަމުގައިވާނަމަ އެކަންވެސް ކުރަންވަން ތައްޔާރަށް ހުންނެވި ކަމަށް، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްގެ ޒައީމް، ރައީސް މައުމޫން ގާސިމް އިބުރާހިމްއާއި ބައްދަލު ކުރެއްވުމަށް މައުމޫން ފައުންޑޭޝަންގެ އޮފީސް ހުންނަ ހ. ފުލިދޫގޭގައި މިއަދު ބޭއްވި ބައްދަލުވުމުގެ ކުރިން ބައެއް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ގައުމުގެ ކަންކަން އިސްލާހު ކުރަން އޮތް ގޮތަކީ އޭނާ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުން ކަމަށްވާނަމަ، ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެހެންނަމަވެސް އެހިސާބަށް ދިއުމުގެ ކުރިން، ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެހެން ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތެއް އޮތްތޯ ބައްލަވަމުން ގެންދަވާކަމުގައެވެ.

އެހެންނަމަވެސް އެހާ ހިސާބަށް ދިއުމުގެ ކުރިން އަޅުގަނޑުމެން ސިޔާސީ ގޮތުން މަސައްކަތްކުރާ އެކިއެކި ފަރާތްތަކާއެކު މަޝްވަރާ މިކުރަނީ، އެންމެ ރަނގަޅަށް ގައުމުގެ ކަންކަން އިސްލާހުކޮށް މިކަންކަން ހާސިލްކުރެވޭނެ މަގަކީ ކޮބައިތޯ ބެލުމަށް.

ފާރިސް ވިދާޅުވިއެވެ.

ފާރިސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ ފާރިސްއަކީ މިހާރު “ބޮޑު ފިރިހެނެއް” ކަމަށާއި، ވެރިކަމަށް ކުރިމަތިލެއްވުމަކީ އޭނާއަށް ލިބިގައި އޮތް ހައްގެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނު ވަކި ގޮތަކަށް ދެކަވަޑައިގަންނަވާ ކަމެއް ނޫންކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަފާނޭކަމަށް ފާރިސް ވިދާޅުވެފައިވާއިރު، އޭނާއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ ކެނޑިޑޭޓެއްގެ ގޮތުގައި އޭނާ ޕްރޮމޯޓު ކުރަމުންނެވެ. އަދި އޭނާވަނީ ދާދިފަހުން މާލެކައިރީގެ ބައެއް ރަށްތަކަށް ވަޑައިގެން އެރަށްތަކުގެ ބައެއް އާންމުންނާވެސް ބައްދަލުކޮށް ހައްދަވާފައެވެ.

އެއް ކޮމެންޓް

  1. ކީއްވެގެން ތިއުޅެނީ ވަކިން ތި ޕާޓީ އިން ވެސް ރައީސްކަމަށް ނުކުންނަންވީ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close