ބޭރުދުނިޔެ

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ގެކޮޅަށް ބޮމުގެ ހަމަލާއެއްދީ ދެ މީހަކު ޒަހަމްކޮށްލައިފި

އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހަންމަދު އަލް ހަލްބައުސީގެ ތަގުދުމް ޕާޓީގެ މައި މަރުކަޒަށް ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހޭންޑް ގްރެނޭޑެއް ގޮއްވާލައި ދިން ހަމަލާއެއްގައި ދެ ގާޑުން ޒަޚަމްކޮށްލައިފިއެވެ.

ގޮވުމުގެ ސަބަބުން އިމާރާތުގެ ދޮރުތަކަށާއި، ބިއްލޫރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައި ނުވާއިރު، މި ހާދިސާއާ ގުޅިގެން އަލް-ހަލްބައުސީ އާއި އިރާގު ގެ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން މިފަދަ ހާދިސާއެއް ބަޣުދާދުގެ ސުއްނީ މުސްލިމް އެހެން ސިޔާސީ ބޭފުޅެއް ކަމަށްވާ ޚާމިސް އަލް ޚާންޖާރުގެ އަޒްމް ޕާޓީގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ނަމަވެސް، ފުލުހުން ބުނީ، ބަޣުދާދުގައި ހުރި ބަޣުދާދީއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކެއްގައި ހަމައެކަނި ލުއި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ދެވަނަ ހާދިސާގެ ޒިންމާވެސް އަދި އުފުލާފައެއް ނުވެއެވެ.

އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބަށްފަހު އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން އަލަށް އިންތިޚާބުކުރި އެ މަޖިލީހުގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް އަލް-ހަލްބައުސީ އަލުން އިންތިޚާބުކުރުމަށް އާދީއްތަ ދުވަހު ނެގި ވޯޓުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯއްދެވީ ބާރުގަދަ ޝިޔައީ އިސްލާމް ދީނީ އިލްމުވެރިޔާ މުޤްތަދާ އަލް-ސަދްރެވެ.

އީރާނުން ވާގިވެރިވާ ޝިޔައީ ޕާޓީތަކާއި، ވާދަވެރި ސަދްރު، އަލް-ހަލްބައުސީ ހޮވުމާއި ދެކޮޅު ހަދަމުން ދިޔަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close