ޚަބަރު

ޝައިޚް ފަރީދުގެ ދަރުސެއް ލަންދޫގައި ބާއްވައިފި

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ އައްޝެއިޚް އިބްރާހިމް ފަރީދު އަޙްމަދު ގެ ދަރުހެއް ނ.ލަންދޫގައި ބާއްވާފައިފިއެވެ.

ގުޅުންހުރި ލިޔުންތައް

ލަންދޫގައި އޮންނަ ދީނީ ޖަމިއްޔާއެއް ކަމުގައިވާ ލަންދޫ އިސްލާމިކް ފްރަންޓް ފޯ އެޑިޔުކޭޝަން (ލައިފް) އާއި ލަންދޫ ކައުންސިލާއި އަދި ލަންދޫ ސްކޫލް ގުޅިގެން އިންތިޒާމް ކުރި މި ދަރުސް ބާއްވާފައިވަނީ ލަންދޫ ސްކޫލްގެ ޖަލްސާކުރާ މާލަމްގައެވެ.

“ﷲގެ ރަޙްމަތުން އުންމީދު އުންމީދު ކަނޑައިނުލާށެވެ.” މިމަޢުޟޫއަށް ޝައިޚް ފަރީދު ދެއްވި މިދަރުހަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. އެގޮތުން ލަންދޫ ރައްޔިތުންގެ ތެރެއިން އަންހެން ފިރިހެން ދެޖިންސްގެ ޒުވާނުންނާއި، ހަރުމީހުންގެ ތެރެއިން ގިނަބަޔަކުވަނީ ދަރުސްގައި ބައިވެރިވެފައެވެ.

ރޭ 8:30 ގައި ފެށިގެން ދިޔަ ދަރުހުގައި ޝޭޚް ފަރީދު ވިދާޅުވީ ކިތަންމެ ވަރަކަށް ފާފަކުރެވުނު މީހެއްނަމަވެސް އެއްވެސް ޙާލެއްގައި މާޔޫސްވާން ނެޖެހޭނެކަމަށެވެ. ﷲ އަށް ދަންނަވައި ހެޔޮ، ހިތަކުން އިޚްލާޞްތެރިކަމާއެކު ތައުބާވެ އެފާފަތައް ފުއްސަވައިދެއްވާތޯ ދުޢާކޮށް ދެވަނަ ފަހަރަށް އެފަދަ ކުއްތަކަށް އަރައިނުގަތުމަށް އަޒުމު ކަނޑައެޅުމުން ، އިންޝާﷲ އެފާފަތައް ފުހެވި އެމީހަކަށް ތެދުމަގު ލިބޭނެކަމަށެވެ.

ރޭގެ ދަރުސް ތަޢާރަފް ކޮށްދެއްވުމުގެ ގޮތުން ، ދަރުސް ފެށުމުގެ ކުރިން ލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބުދުލް ޢަޒީޒު މުހައްމަދު ، ހާޒިރުވެ ތިއްބެވި ހާޒިރީންނާއި، މުޚާތަބުކޮށް ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ ލަންދޫގައި އެންމެ ލަސްވެގެންވެސް ކޮންމެ 6 މަހަކުން އެއްފަހަރު މިފަދަ ދަރުހެއް ކައުންސިލުން އިސްނަގައިގެން ބޭއްވުމަކީ އޭނާގެ އަމާޒެއްކަމަށެވެ. އަދި އެއަށްވުރެ އަވަސް އަވަހަށް ދަރުސްތައް ބޭވުމަކީވެސް އޭނާގެ އުންމީދެއްކަމަށެވެ.

ގާތްގަޑަކަށް އެއްގަޑިއިރަށް ދިގުދެމިގެންދިޔަ ރޭގެ ދަރުސް ޝައިޚް ފަރީދު ނިންމާލެއްވީ ޚާއްޞަ ދުޢާއަކުންނެވެ.

ލައިފް ޖަމިއްޔާއިން ބުނީ ލަންދޫގައި އަލަށް ހުޅުވި މިސްކިތް “މަސްޖިދުލް ފުރުޤާން” ގައި އިމާމްވެ މިއަދު ހުކުރު ނަމާދު ކޮށްދެއްވާނީވެސް އައްޝައިޚް އިބްރާހިމް ފަރީދު އަޙްމަދު ކަމަށާއި، މިއަދުގެ ޢަޞްރު ނަމާދަށްފަހުވެސް ޝައިޚްގެ ދަރުހެއް އެ މިސްކިތުގައި އޮންނާނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close