ޚަބަރު

ކުޅުދުއްފުށީ އެކްސިޑެންޓްގައި އަނިޔާލިބުނު 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

މީގެ ދެ ހަފުތާ ކުރިން ހދ. ކުޅުދުއްފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ ފަރުވާދެމުން ދަނިކޮށް އަދު ނިޔާވެއްޖެއެވެ.

މިހާރު ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި މަރުވީ މުހައްމަދު ޒަޔާން އައްބާސް އެވެ. އޭނާ އެކްސިޑެންޓްވީ ސައިކަލްގައި ވަރަށް ބާރަށް ދަނިކޮށް ޕިކަޕެއްގައި ޖެހިގެންނެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި މައުލޫމާތު ހުރި މީހަކު ބުނިކަމަށް މިހާރު ނޫހުގައި ބުނެފައިވަނީ ޒަޔާން މަރުވީ ފުރަތަމަ ކުރި އޮޕަރޭޝަނަށް ފަހު ގެޔަށް ބަދަލުކޮށް، އަނެއްކާ ހާލު ގޯސްވެގެން ދެ ވަނަ އޮޕަރޭޝަނެއް ކޮށްގެން އައިސީޔޫގައި ބާއްވާފައި އޮއްވާ ކަމަށެވެ.

އެކްސިޑެންޓްގައި ގެއްލުން ލިބުނީ ޒަޔާންގެ ބަނޑަށެވެ. ޕިކަޕްގައި ޖެހި ސައިކަލާ އެކު އޭނާ ވެއްޓުމުން ސައިކަލްގެ މުއްގަނޑު ވަރަށް ބޮޑަށް ބަނޑުގައި ޖެހުނު ކަމަށްވެ އެވެ. ބަނޑު ތެރެއަށް މުއްގަނޑު ނުވަތް ނަމަވެސް އޭގެ ސަބަބުން ބަނޑުގެ މަސްތަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް، ޑޮކްޓަރުންނާ ހަވާލާދީ، ރަށުން ވާހަކަދެއްކި މީހާ ބުނިކަމަށް މިހާރުން ރިޕޯޓްކޮށްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close