ޚަބަރު

ގެއްލުނު ސިފައިންގެ މީހާ މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

ލ. ކައްދޫ އިރުމަތި ފަރާތު މޫދަށް އެރިއުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ލާންސްކޯޕްރަލް ހުސައިން ފާރިޝް ނިޔާވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް ގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ފާރިޝް ގެއްލުނީ އިތުރު ތިން މީހުންނާއެކު މޫދަށް އެރިގެން އުޅެނިކޮށް ކަމަށެވެ.

ފާރިޝް ފެނިފައި ވަނީ އޭނާ ހޯދަމުން ދަނިކޮށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރޮންގެ ޑައިވަރުންނަށެވެ.

ފާރިޝް ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:40 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.

މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން އިތުރު ސިފައިންގެ މީހަކު ގެނބުނު ކަމަށާއި އެމީހާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close