ޚަބަރު

ކޮވިޑް ޖެހުނު ދިވެއްސަކު ބަލިން ރަނގަޅުވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާދެމުން ދިޔަ މީހަކު އަންކާވެސް އެބަލިން ރަނގަޅު ވެއްޖެކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ މުރާދު ވިދާޅުވީ ރަނގަޅުވި ދިވެހި މީހާގެ ދެ ސާމްޕަލްވެސް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށެވެ.

މިރޭބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ ރަނގަޅުވި ދިވެހި މީހާގެ ދެ ސާމްޕަލް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފުރަތަމަ ފައްސިވި ދިވެހި މީހާ ބަލިން ރަނގަޅު ވުމުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަޒީޒް ވަނީ ސިއްހީ ޚިދުމަތްތެރިން ކޮށްދެއްވަމުން ގެންދަވަ މަސައްކަތްތައް ފާހަގަ ކުރައްވާ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިހާތަނަށް ރާއްޖެ އިން 20 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެތެރެއިން 14 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ތިބީ ކޮވިޑް-19 ޖެހިފައި ތިބި ހަތަރު މީހެކެވެ. އެ ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކޮށްފައެވެ.

ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އިން ބޭރުން ރާއްޖެ އެތެރެވޭ އެންމެން 14 ދުވަސް ވަންދެން ކަރަންޓީން ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ފަސް ދިވެހިން ވެސް ފައްސިވެފައި ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ތިއްބައެވެ. އެހެންކަމުން އެމީހުންގެ ގައިން އިތުރު މީހަކަށް ބަލި ޖެހިފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close