ޚަބަރު

ރައީސް ނޫނަށް ކުރައްވާ ދަތުރުފުޅުގެ ލައިވް އަޕްޑޭޓްސް

14:00

ރައީސުލް ޖުމުހޫރިއްޔާ ނ.ހޮޅުދޫއަށް ވަޑައިގެންފިއެވެ. އަދި އެރަށުގެ ސިއްޙީ މަރުޒަށް ޒިޔާރަތް ކުރައްވާ އެތާންގެ ހާލަތު ބައްލަވާލެއްވިއެވެ.

10:00

ރައީސް ސޯލިޙް ނ.މަގޫދޫއަށް ވަޑައިގެން މަގޫދޫ ކައުންސިލާއި، އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލު ކުރައްވައިފިއެވެ. އަދި އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ރައީސާއި ހިއްސާކުރެއްވިއެވެ.

21:00

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ނ.މަނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނުވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ މިހާރުން މިހާރަށް ގެނެސްދެވެން ހުރި ހައްލުތައް އަވަސްގޮތެއްގައި ގެންނަވާނެކަމަށް ވިދާޅުވެފައެވެ.

20:00

ރައީސް ޞާލިޙް ނ.އަތޮޅު ހޮސްޕިޓަލަށް ވަޑައިގެންފިއެވެ. ހޮސްޕިޓަލަށް ވަޑައިގެން އެމަނިކުފާނު ވަނީ ހޮސްޕިޓަލްގެ ވެރިންނާ ބައްދަލުކުރައްވާ ހޮސްޕޓަލްގެ ބައެއްކަންކަންހިނގާ ނުހިނގާގޮތް ބައްލަވާ ލައްވާފައެވެ.

18:30

ރައީސް ޞާލިހް މަނަދުއަށް ވަޑައިގެންފިއެވެ. މަނަދުއަށް ވަޑައިގެން މަނަދޫ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި، ބައްދަލުކުރައްވައިފިއެވެ.

15:30

ލަންދޫގައި ސަރުކާރުން ޤާއިމް ކޮށްދެއްވި 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތް ރައީސް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

13:08

ލަންދޫގެ ކައުންސިލާއި ، އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި، ރައީސް ސޯލިޙު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ފަރާތުން ރައީސަށް ހުށަހަޅަން ހުރި ބައެއްވާހަކަތައް ހިއްސާކުރިއެވެ. ރަށުގެ ތަރައްޤީއަށް ސަރުކާރުން ކޮށްދެއްވާ ބޮޑެތި މަސައްކަތްތައް ފާހަގަކޮށް ކައުންސިލުން ރައީސަށް ޝުކުުރުއަދާކުރިއެވެ. އަދި ރައީސްގެ ރިޔާސީ ވަޢުދުފުޅު ފުެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ސަރުކާރަށާއި، ރައީސަށް ރަށުކައުންސިލާއި، އަންހެނުން ކޮމިޓީގެ ފަރާތުން ޝުކުރު ދެއްނެވިއެވެ.

‏ރައީސް ލަންދުއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

12:08

ރައީސުލްޖުމްހޫރިއްޔާ ލަންދުއަށް ވަޑައިގެންފި

11:56

‏ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުން ގެންދަނީ ވައުދުތައް ފުއްދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި. ގިނަ ރަށްރަށުގައި %99 – %85 ވައުދުތައް ފުރިހަމަވެއްޖެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި.‎

11:51

ރައީސުލްޖުމްހޫރިއްޔާ ނ. މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި، މިފަދަ ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުން އެދޭ ކަންކަން ހޯދައި، ރާއްޖޭގެ ތަރައްޤީއަށް އިތުރަށް ކުރަންހުރި ކަންކަން ދެނެގަތުން ކަމުގައި ވިދާޅުވި.‎

‎

11:00

ރައީސުލް ޖުމްހޫރިއްޔާ މާފަރު ރައްޔިތުން ނާއި ބައްދަލު ކުރައްވައިފި

10:00

ރައީސް މާފަރަށް ވަޑައިގެން މާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމާއި، އަދި މިހާރު މާފަރަށް ދަތިވެފައިވާ ބައެއް ކަންކަން ރައީސަށް ހިއްސާކުރިއެވެ.

ނޫނުއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންފި

9:15 

ރައީސް މާފަރު އެއަރޕޯޓަށް ވަޑައިގެންފިއެވެ.

މާފަރު އެއަރޕޯޓުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ނ.އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ނ.މާފަރަށާއި, ލަންދޫއަށާއި, މަނަދޫއަށާއި, މަގުދުއަށާއި, އަދި ހޮޅުދުއަށެވެ.

އެ ގޮތުން އެ ރަށްރަށަށް ވަޑައިގެން އަތޮޅު ކައުންސިލާއި, ރަށު ކައުންސިލްތަކާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެއިތުރުން ބައެއް ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ އެ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލައްވާނެއެވެ.

މީގެ އިތުރުން ލަންދޫ މިސްކިތާއި ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައިވާއިރު, މަގޫދޫގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޮޅުދޫ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close