ރަންތާޖު ގުރުއާން މުބާރާތުގެ ބައިވެރިން އިއުލާނުކޮށްފި
ރާއްޖޭގައި އަދި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ކަމުގައިވާ ރަންތާޖު ގުރުއާން މުބާރާތުގެ އޮޑިޝަނުން ހޮވުނު ބައިވެރިން އިއުލާނުކޮށްފިއެވެ.
ރާއްޖޭގެ 6 ސަރަހައްދެއްގައި އޮޑިޝަންތައް ބާއްވާފައިވާއިރު، މި މުބާރާތުގައި 111 ބައިވެރިން އޮޑިޝަންކޮށްފައިވެއެވެ. އޭގެ ތެރެއިން މުބާރާތުގައި ވާދަކުރުމަށް ހޮވާފައިވަނީ އެންމެމަތިން ސްކޯކޮށްފައިވާ 20 ބައިވެރިންނެވެ.
ރަންތާޖު ގުރުއާން މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތުގެ އޮޑިޝަން ނިންމާލައި، މުބާރާތައް ހޮވުނު ބައިވެރިންގެ ނަންތައް އިއުލާނުކޮށްފައިވަނީ މިކަމަށްޓަކައި ހުކުރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ އޮޑިޝަންތަކުން ހޮވުނު 20 ބައިވެރިންގެ ނަންތައް ވަނީ އިއުލާނުކޮށްފައެވެ.
ރަންތާޖު ގުރުއާން މުބާރާތުގެ ބައިވެރިންނަކީ:
- އަބްދުﷲ ތާލިބު – ސ. މަރަދޫ
- މަރިޔަމް ޒަހުވާ އާދިލް – މާލެ ސިޓީ
- މުހައްމަދު މުސްތަފާ – ބ. އޭދަފުށި
- އިބްރާހީމް އައުސް – ހއ. އިހަވަންދޫ
- ސުމާ ހުސައިން – ދ. ކުޑަހުވަދޫ
- ޝިފާޒާ ނައީމް – ގދ. ތިނަދޫ
- އަހުމަދު ސުޖާއު – ހއ. ހޯރަފުށި
- ރުސްދުމް ދާއޫދު – ބ. ތުޅާދޫ
- އާސިމާ އާދަމް – ދ. ކުޑަހުވަދޫ
- ލިޔޫޝާ ހަސަން – ފ. ނިލަންދޫ
- މަރިޔަމް މާއިސާ އިބްރާހީމް – ރ. ކަނދޮޅުދޫ
- އާމިލާ މުހައްމަދު – މ. މުލައް
- މުހައްމަދު ސާއީ މުބާރިކް – ނ. ހޮޅުދޫ
- މަރިޔަމް އަރިން އީސާ – ކ. ކާށިދޫ
- ފާތިމަތު ތުގާ ހަލީމް – މާލެ ސިޓީ
- ޔައީޝް މުހައްމަދު ނިޔާޒް – މާލެ ސިޓީ
- ދަހްލާން މުހައްމަދު ރިޒާ- ށ. ފުނަދޫ
- އިޖާޒަތު ހަމޫދާ އަބްދުﷲ – ޅ. ނައިފަރު
- އާމިނަތު ލައިޝާ ސަލީމް – ކ. ހުރާ
- އީލަފް އަހުމަދު ސޮލާހް – ދ. ކުޑަހުވަދޫ
3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ. އޭގެ ތެރެއިން އެންމެ ފަހު އޮޑިޝަން ބާއްވާފައި ވަނީ މާލޭ ސިޓީގައެވެ. މާލެ ފިޔަވައި، އޮޑިޝަން ބާއްވާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ، އައްޑޫސިޓީ ހިތަދޫ، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. އޭދަފުށި، ހދ. ކުޅުދުއްފުށި މި ފަސް ސަރަހައްދެވެ.
