”ރަންތާޖު ޤުރުއާން” މުބާރާތުގެ ފަޚުރުވެރި 1 ވަނަ މުހައްމަދު ސާއީ ހޯދައިފި
ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ އަގުބޮޑު ”ރަންތާޖު ޤުރުއާން” މުބާރާތުގެ އެއްވަނަ ނ.ހޮޅުދޫއަށް ނިސްބަތްވާ މުހައްމަދު ސާއީ މުބާރިކް ހޯދައިފިއެވެ.
ފަޚުރުވެރި އެއްވަނައަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. އަދި އެމަނިކުފާނު ވަނީ ރަންތާޖު ވެސް އަޅުއްވައި ދެއްވާފައެވެ.
މި މުބާރާތުގައި 5 ވަނަ ހާސިލްކޮށްފައިވަނީ ބ.އޭދެފުށި, މުހައްމަދު މުސްތަފާ، 4 ވަނަ ހއ. ހޯރަފުށި, އަހުމަދު ސުޖާއު، 3 ވަނަ މާލެ ސިޓީ, ޔައީޝް މުހައްމަދު ނިޔާޒެވެ. އަދި މުބާރާތުގެ ދެ ވަނަ ހާސިލްކޮށްފައިވަނީ މާލެ ސިޓީ ފާތިމަތު ތުގާ ހަލީމް އެވެ.
16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ އެންމެ ބޮޑު މުބާރާތެވެ.މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.