ޚަބަރު

ނ. ހޮޅުދޫ މޭނާ ސްކޫލްގެ އަލިމަސް ޔޫބިލްގެ ލޯގޯ ކުރެހުމުގެ ފުރުޞަތު ހުޅުވާލައިފި

ނ. ހޮޅުދޫ މޭނާސްކޫލަށް 75 އަހަރު ފުރޭ އަލިމަސް ޔޫބީލްގެ ލޯގޯ ކުރެހުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހުށައަޅާ ލޯގޯތަކުގެ ތެރެއިން 1 ވަނަ އަށް ހޮވޭ ލޯގޯއެއް އަލިމަސް ޔޫބިލްގެ އެކިޙަރަކާތްތަކުގައި ބޭނުންކުރަން ވަނީ ހަމަޖެހިފައެވެ. 1 ވަނަ އަށް އަންނަ ލޯގޯ ފަރުމާކުރި ފަރާތަކަށް -/5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކަނޑައެޅިފައިވެއެވެ. ލޯގޯ ހުށައެޅުމުގެ މުއްދަތަކީ 30 ދުވަހެވެ. ލޯގޯ ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ 13 ޖޫން 2019 އެވެ. އީމެއިލް މެދުވެރިކޮށްވެސް ލޯގޯ ހުށައެޅޭނެއެވެ. އީމެއިލް އަކީ: [email protected] އެވެ.


ލޯގޯ ކުރެހުމުގައި ބަލަންޖެހޭ މިންގަނޑުތަކަކީީ :

ފަރުމާ ކުރެވިފައިވާ ލޯގޯ އަކީ މޭނާސްކޫލް ރަމްޒުކޮށްދޭ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން ސްކޫލްގެ ކުލަތައް ލޯގޯއިން ފެންނަން ހުންނަން ވާނެއެވެ

ފަރުމާ ކުރެވިފައިވާ ލޯގޯ އަކީ މޭނާސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެހިފައިވާ ލޯގޯއެއްކަމަށް ދޭހަވާން ވާނެއެވެ. މިގޮތުން 75 އަހަރުގެ ޚިދުމަތް’ ނުވަތަ ‘1366-1441’ ނުވަތަ ‘މޭނާސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި، މިފަދަ ޢިބާރާތެއް ހިމަނަން ވާނެއެވެ.

ފަރުމާ ކުރެވިފައިވާ ލޯގޯ އަކީ މީގެ ކުރިން އެއްވެސް ފަރާތަކުން ބޭނުން ކޮށްފައިނުވާ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯ އަކަށް ވާންވާއެވެ.

ލޯގޯ ފަރުވާކުރުމަށް ކޮމްޕިޔުޓަރ ސޮފްޓްވެއަރ އެއް ބޭނުން ކުރެވިދާނެއެވެ.

ފަރުމާ ކުރެވިފައިވާ ލޯގޯ އޮންނަން ވާނީ A4 ސައިޒު ގަނޑަކަށް ފެތޭ ގޮތަށެވެ.

މިލޯގޯ އަކީ 75ވަނަ އަހަރީއާއި ގުޅިގެން ބޭއްވޭ އެކި ޙަރަކާތްތަކުގައި ބޭނުންކުރާ ލޯގޯއަކަށް ވާތީވެ ފަރުމާކުރެވިފައިވާ ލޯގޯ ފަސޭހަކަމާއިއެކު ސައިޒު ބަދަލުކޮށްލެވެން ވާނެއެވެ. އަދި ސޮފްޓް ކޮޕީ ހުށައަޅާނަމަ ވެކްޓަރ. vector ފޯމެޓްގައި ސޭވް ކުރަންވާނެއެވެ.

ފަރުމާ ކުރެވިފައިވާ ލޯގޯ ގައި ލިޔުންކޮޅެއް ލިޔާނަމަ އެލިޔުމެއް ހުންނަން ވާނީ ފަސޭހަ ކަމާއިއެކު ކިޔާލެވޭނެހެން ރީތި ފޮންޓަކުން ލިޔެފައެވެ.

ސްކޫލަށް ހުށަހަޅާ ލޯގޯގެ ސޮފްޓްކޮޕީ އޮންނަންވާނީ ޕީ.ޑީ.އެފް ކުރެވިފައެވެ. އަދި ލޯގޯގެ ހާޑް ކޮޕީއެއް ސްކޫލް އޮފީހަށް ހުށަހަޅަންވާނެއެވެ.

ލޯގޯ ހޮވިއްޖެނަމަ އެޑިޓްކުރެވޭ ފަދަ ސޮފްޓް ކޮޕީއެއް ސްކޫލަށް ހުށަހަޅަން ވާނެއެވެ.

ލޯގޯ ހުށައަޅާއިރު ކުރެހުންތެރިޔާ ލޯގޯ މާނަ ކުރާގޮތްވެސް ސްކޫލަށް ހުށައަޅަންޖެހޭނެއެވެ.

މޭނާ ސްކޫލަކީ 1366 ވަނަ އަހަރުގައި އިބްރާހީމް މޭނާ ކަލޭފާނު ބިނާކުރެއްވި ސްކޫލެކެވެ. މޭނާ ސްކޫލަކީ ހޮޅުދޫގެ އިތުރުން ނ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގެ ދަރިވަރުންތަކެއް އެސްކޫލަކުން ތަޢުލީމް ޙާސިލްކޮށްފައިވާ ސްކޫލެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close