ހުކުރުވިލޭރޭ ނުވަތަ ހުކުރު ދުވަހު މަރުވާމީހުން ކަށްވަޅުގެ ޢަޛާބުން ސަލާމަތް ވާނެތޯ؟
ސުވާލު: ހުކުރުވިލޭރޭ ނުވަތަ ހުކުރު ދުވަހު މަރުވާމީހުން ކަށްވަޅުގެ ޢަޛާބުން ސަލާމަތް ވާނެއޭ މީހުން ބުނާތީ އަހަމެވެ. އެއީ ތެދެއްތޯއެވެ؟
ޖަވާބު: އެއީ ތެދެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައިވެއެވެ.
(ما من مسلم يموت يوم الجمعة أو ليلة الجمعة إلا وقاه الله فتنة القبر)
رواه أحمد (6546) والترمذي (1074)
قال الألباني : الحديث بمجموع طرقه حسن أو صحيح .
މާނައީ: “ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު އެއްވެސް މުސްލިމަކު މަރުނުވެއެވެ. ﷲ ތަޢާލާ އެމީހަކު ކައްވަޅުގެ ފިތުނައިން ސަލާމަތް ނުކުރައްވާ” މިއެވެ.
ޖަވާބު ދެއްވީ: އައްޝައިޚް މުޙައްމަދު ޝާފިޢު
#SheikhShafiuQ&A



