ބޭރުދުނިޔެ

ކުޑަކުދިންނަށް ވެކްސިން ދިނުމަށް ނިންމި ނިންމުން ރަނގަޅެއް ނޫން: ސީނިއާރ އެޕިޑެމިއޮލޮޖިސްޓް

ނިއު ދިއްލީ- ކުޑަކުދިންނަށް “އަން ސައިންޓިފިކް” ޑިސިޝަން އެއްގެ ގޮތުގައި ވެކްސިން ދިނުމަށް ސެންޓަރުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް ސީނިއާ އެއިމްސް އެޕިޑެމިއޮލޮޖިސްޓް އިންވެސްޓި ގޭޓަރ ސަންޖޭ ކޭ ރާއީ ވިދާޅުވެއްޖެއެވެ.

އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް(އެއިމްސް)ގެ ސީނިއާ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ އަދި ކޮވެކްސިން ޓްރަޔަލްސްގެ ޕްރިންސިޕަލް އިންވެސްޓިގޭޓަރު، އާދީއްތަ ދުވަހު ވަނީ އެ އިންސްޓިޓިއުޓުން ކުޑަކުދިންނަށް ވެކްސިން ދިނުމުން އެ އިން އިތުރު ފައިދާއެއް ނުލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއަން ޕަބްލިކް ހެލްތު އެސޯސިއޭޝަންގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ޑރ. ސަންޖޭ ކޭ ރާއީ ވިދާޅުވީ، މި ނިންމުން ތަންފީޒު ކުރުމުގެ ކުރިން، ކުޑަކުދިންނަށް ވެކްސިން ދޭން މިހާރު ފަށާފައިވާ ގައުމުތަކުގެ ޑޭޓާތައް ތަހުލީލު ކުރަން ޖެހޭ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، އުމުރުން 15-18 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ދޭން ފަށާނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކަމަށް އިއުލާން ކުރައްވާފައެވެ.

https://twitter.com/drsanjaykrai/status/1474811862592077824?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1474811862592077824%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fgovts-decision-to-vaccinate-children-unscientific-senior-aiims-epidemiologist-2672199

މިކަމުގެ ސަބަބުން ސްކޫލްތަކާއި ކޮލެޖްތަކަށް ދާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ކަންބޮޑުވާ މިންވަރު ކުޑަވެ، ބަލިމަޑުކަމާ ދެކޮޅަށް ކުރާ ހަނގުރާމައަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށާއި، މި ފިޔަވަޅުގެ ސަބަބުން ސްކޫލްތަކުގައި ކިޔަވައިދިނުން ނޯމަލައިޒް ކުރުމަށް ވެސް އެހީވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

“ގައުމަށް ޓަކައި މޯދީ ކޮށްދެއްވި އިހްލާސްތެރި ހިދުމަތާއި ރަނގަޅު ވަގުތުގައި ރަނގަޅު ނިންމުންތައް ނިންމެވުމަށް ޓަކައި އަޅުގަނޑު ވަރަށް ބޮޑަށް މޯދީ އަށް ވަރަށް ބޮޑަށް ލޯބިކުރަން. އެކަމަކު ކުޑަކުދިންނަށް ވެކްސިން ދިނުމުގައި ސައިންޓިފިކް ގޮތުން އޭނާ ނިންމެވި ނިންމެވުމާ މެދު އަޅުގަނޑު މުޅިން ދެރަވޭ،” ބޮޑުވަޒީރުގެ އޮފީސް ޓެގް ކުރައްވާ ޑރ ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ޑޮކްޓަރ ރާއީގެ ވާހަކަފުޅުގައި، އެއްވެސް ޚިޔާލެއް ފާޅުކުރެއްވުމުގެ ސާފު މަޤްޞަދެއް އޮންނަންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. ބޭނުމަކީ ކޮރޯނާވައިރަސް އިންފެކްޝަން ނުވަތަ މަރުވުން ފަދަ ކަންކަމުން ދުރުކުރުމެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާ ބޮޑު އާބާދީތަކުގައި މަރުވާ މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް 1.5 ޕަސެންޓް ކަމަށާއި އޭގެ މާނައަކީ އާބާދީގެ ކޮންމެ މިލިއަނަކަށް 15،000 މީހުން މަރުވުން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close