ނ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަލީ ޒާފިރު، ހެލްތް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރަކަށް ހަމަޖައްސައިފި
ނ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަލްފާޟިލް އަލީ ޒާފިރު ހެލްތް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަޤާމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހަމަޖައްސަވައިފިއެވެ.
އަލީ އެމަޤާމަށް މިއަދު ހަމަޖައްސަވާފައިވާއިރު ، އޭނާ ވަނީ ވަޒީފާގެ މަސައްކަތަކަށް އޮފީހަށްވެސް ނުކުންނަވާ ރަސްމީކޮށް މިއަދު މަސައްކަތާ ހަވާލުވެފައެވެ.
އަލީ ޒާފިރަކީ ވެރިކަން ކުރާ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގެ އެންމެ ކުރީސަފުގައި ޙަރަކާތްތެރިވާ އިސް އެކްޓިވިސްޓުންގެ ލިސްޓްގެ އެންމެކުރީގައި ހުންނެވި އެއްބޭފުޅާއެވެ. އަދި ވަކިން ޚާއްޞަކޮށް ނ.އަތޮޅުގައި ހިންގޭ އަތޮޅު ފެންވަރުގެ ހަރަކާތްތަކާއި، މަނަދޫގައި ހިންގޭ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އެންމެކުރީގައި އަބަދުވެސް ހުންނަވާނީ އަލީ ޒާފިރެވެ.
ކައުންސިލް ތަކުގެ ދައުރު ހަމަވެ، ލާމަރުކަޒީ އާ ޤާނޫނުގެ ދަށުން އެންމެ ފަހުން އައްޔަންކުރެވުނު ކައުންސިލް ތަކާ ހިސާބަށް އޭނާ ހުންނެވީ ނ.އަތޮޅު ކައުންސިލްގެ ރައީސް ކަމުގައެވެ. އޭގެ ފަހުން މިވީ 7 މަހެއްހާދުވަހު އެއްވެސް ވަޒީފާއެއް އަދާ ނުކުރެއްވި ނަމަވެސް އޭނާ ހުންނެވީ ސާބިތު ކަމާއެކު ސަރުކާރު ދިފާއު ކުރެއްވުމާއި، އެމްޑީޕީގެ ސިޔާސީ ފިކުރު ޕްރޮމޯޓް ކުރެއްވުމުގައި ސާބިތު ކަމާއެކުގައެވެ.
ޢަލީ ޒާފިރަކީ ނ.އަތޮޅުގެ ގިނަރައްޔިތުންތަކެއްގެ ތާއީދު މަދު ދުވަސްކޮޅެއްގެ ތެރޭގައި ހޯއްދެވި މަޑުމައިތި ހިތްހެޔޮ އެންމެންނާވެސް ގުޅޭ ވަކިފިކުރަކަށް ބެލުމެއްނެތި ޢާއްމު ޚިދުމަތުގައި ހުންނެވި ހިންގުންތެރި ބޭފުޅެކެވެ.


