33 އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރަމުން ގެންދަވާ އަދީބު އެމްޓީޑީގެ ރައީސަކަށް އައްޔަންކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގައި ހިންގާފައިވާ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ އެންމެބޮޑު ތުހުމަތެއް ކުރެވި ކުއްސާބިތުވެ 33 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ސަރުކާރުގެ ނައިބްރައީސްކަންވެސް ކުރައްވާފައިވާ އަޙްމަދު އަދީބު މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ ރައީސަކަށް މިރޭ އައްޔަންކޮށްފި އެވެ.
އެމްޓީޑީ އިން އެގޮތަށް ނިންމީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި އަށް މެމްބަރުންގެ އިއްތިފާގުން ކަމަށް އެ ޕާޓީން ބުނެއެވެ.
އަދީބު ޕާޓީގެ ރައީސް ކަމަށް އައްޔަން ކުރަން ނިންމިއިރު، އަދީބު މިހާރު ހުންނެވީ ގޭ ބަންދުގަ އެވެ. އޭނާ ގޭ ބަންދުގައި ހުންނެވީ ސިއްހީ ހާލަތު ހުރި ގޮތުން ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ބުނެ އެވެ.
އަދީބު އިސްވެ ހުންނަވައިގެން އައު ޕާޓީއެއް އުފެއްދުމުން އެކަމާ ދެކޮޅަށް ފާޑުކިޔުންތައް ގިނަވެފައިވާ މިދަނޑިވަޅުގައި ސިޔާސީ މަސައްކަތްތަކުގައި އަދީބު އެގެންދަވަނީ ރާއްޖޭގެ އެންމެ އުހަށް އެރުއްވުމަށް މަސައްކަތްކުރައްވަމުންނެވެ. އަދީބުގެ މި މަސައްކަތުގައި އެހީތެރިވެދޭނެ ދިވެހި އެތައް ބައިވަރު ރައްޔިތުންނެއް މިއަދު އެބަތިއްބެވެ.

ކީއްކުރާނީދޯ ބައެއް މީހުން މިތިބެނީ ފައިސާއަށް ފެންބޮވައިގެންފައި