ޚަބަރު

އީ.ޕީ.އެސް ސްކޫލަކީ ރަށްރަށުން މާލެއައި ދަރިވަރުންނަށް ފަހިވި ވަރަށް ރަނގަޅު ފުރުޞަތެއް – ރައީސް

އީ.ޕީ.އެސް ސްކޫލް ހުޅުވިގެން ދިއުމަކީ އެ ދުވަސްވަރު ތަޢުލީމު ޙާޞިލުކުރުމަށް ޚާއްޞަކޮށް ރަށްރަށުން މާލެއައި ދަރިވަރުންނަށް ފަހިވި ވަރަށް ރަނގަޅު ފުރުޞަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ، މިހެން ވިދާޅުވީ އީ.ޕީ.އެސް. ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރޭ ބޭއްވި “ޚިދުމަތުގެ ހަވީރު 2021” ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އީ.ޕީ.އެސް ސްކޫލް ފެށިގެން އައި ގޮތާއި އެ ސްކޫލުގައި ތަޢުލީމު ދިނުމުގެ ކަންކަން ކުރިޔަށްދިޔަގޮތާއި އަދި އެ ސްކޫލުގައި އެމަނިކުފާނު ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރުގެ ހަނދާން އައުކުރައްވައި އެކަންކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން 1960ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ތަޢުލީމު ފެތުރިގެން ދިޔަގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން އެދުވަސްވަރު ރާއްޖެގައި ތިބެ އިނގިރޭސި މީޑިއަމްއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދިއުން އެއީ އޭގެ ފައިދާ އެތައް ރައްޔިތުންނަށް ލިބިގެންދިޔަ ރަނގަޅު ބަދަލެއް ކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އީ.ޕީ.އެސްއަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވާ ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.

މި ޙަފްލާގައި އީ.ޕީ.އެސްގެ 50 އަހަރުގެ ރަން ތާރީޚުގެ ދިރާސާ ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

އީ.ޕީ.އެސް ސްކޫލް އުފެދުމަށްފަހު ފާއިތުވި 50 އަހަރަށްވުރެ ދިގު މާޒީގައި އެ ސްކޫލުން ހަތާވީސް ހާހެއްހާ ދަރިވަރުން ތަޢުލީމު ހާޞިލުކޮށްފައިވެއެވެ.

އެއް ކޮމެންޓް

  1. އީޕީއެސް ސްކޫލް އަލުން ޤާޢިމް ކުރަންޖެހޭ އެއީ ދިވެހިރާއްޖެ ދުށް އެންމެ ކާމިޔާބު އެއްސްކޫލް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close