ޚަބަރު

ރާއްޖޭގެ ރައްޔިތުންނަށް އަބަދުވެސް އެންމެ ބޮޑު ރައްކަލަކީ އިންޑިއާ ކަނޑުން ލިބޭ ރައްކާތެރިކަން – ރައީސް ނަޝީދު

ރާއްޖޭގެ ރައްޔިތުންނަށް އަބަދުވެސް އެންމެ ބޮޑު ރައްކަލަކީ އިންޑިއާ ކަނޑުން ލިބޭ ރައްކާތެރިކަން ކަމަށާއި، އަދި އެކަނޑު ދިވެހިންނަށް ލިބޭ މަންފާއާއި ނަފާއަކީ ދިވެހި ރައްޔިތުންނަށް ލިބޭ އެންމެ ބޮދު ނިއުމަތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިޚު ހަސީނާ މަޖިލީހުގައި ތަގުރީރު ކުރެއްވުމާއިމެދު މަޖިލީހުގެ މެމްބަރުންގެ ރުހުން ހޯދުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އިންޑިއާ ކަނޑުގައި މިހާރު އުފެދެމުންދާ ވާދަވެރިކަމުގައި ރާއްޖެ އޮތީ ހަތަރު އަގޮޅިއަށް ހުއްޓެންޖެހޭ ހިސާބުގައިކަމަށެވެ. މިވާދަ ވެރިކަމުގައި ރާއްޖެއިން އިތުރު އެކުވެރިންނާއި ރަހުމަތްތެރި ހޯދުމަކި މުހިންމު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގައި އުފެދެމުން މިއަންނަ ވާދަވެރި ކަމުގައި ދިވެހި ރާއްޖެއަށް މިވަނީ ހައްސާސް އަދި އެހާމެ ނާޒުކު ހަތަރު އަގޮޅިއަކަށް ހުއްޓެންޖެހަފަ. މިހުއްޓުމުގައި ދިވެހިން ބޭނުމީ އިތުރު ރަހުމަތް ތެރިންނާއި، ގުޅުން ބަދަހިކުރުން. އެއްވެސް ޤައުމެއްގެ ދައުރު އަދި ވަކިން ޚާއްސަކޮށް އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެތެރެވަރި ޤައުމުތަކުގެ ދައުރެއް ރާއްޖޭގައި ނެތްކަމަށް ބުނުމަކީ ހަމައެކަނި އަޅުގަނޑަށް ފެންނަ ފެނުމުގައި ހަގީގަތާއި ޚިލާފް ވާހަކައެއްނޫން. އެހާމެ ދިވެހިންނަށް ނިކަމެތިކަން ލިބޭނެ ދެރަ ގޮތްތަށް މެދުވެރި ކުރާނޭ ގުޅުމެއް. ފިކުރެއް، ފަލްސަފާއެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.

10،000 އަށްވުރެ ގިނަ އުޅަދުނޑުގައި، އެތައްހާސް ދިވެހި އަބަދުމެ ދަތުރުކުރާ ކަނޑެއްގައި ދިވެހިން އަބަދުވެސް ރައްކާތެރިކަމަށް އެދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވި 4 އަގޮޅިއަށް ރާއްޖެ ހުއްޓެން ޖެހުނުކަމަށް ވިދާޅުވި ވިދާޅުވުމަކީ އިންޑިއާއާއި ވާދަވެރި އެހެން ޤައުމުތަކާއި އޮތް ގުޅުން ބޮޑުވެ ރާއްޖެއިން އިންޑިއާއަށް އެކަނި ބަރޯސާވާ ބަރޯސާވުމަށް ވިދާޅުވި ވާހަކަ ކަމަކަށް ބެލެވެއެވެ.

އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުމާއިއެކު އަވަށްޓެރި އެހެން ޤައުމުތަކާއި ގުޅުން ބަދަހި ކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close