ޚަބަރު

ކޮމަންޑޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީން ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ފަރާތްތަކުގެ މެދުގައި އެމްޑީޕީގެ ޓިކެޓްގައި ޕްރައިމަރީއެއް ބާއްވަން ނިއްމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރުވުމާއި ގުޅިގެންނެެވެ. އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެމްޑީޕީން ބުނީ އެޕްރައިމަރީ 27 ޑިސެމްބަރ 2021 ވާ (ހޯމަ) ދުވަހު ބޭއްވުމަށް އެ ޕާޓީން ނިއްމާފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ މި ބައި އިލެކްޝަން ގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުން މަޤާމަށްއެދޭ ފޯމް ފުރިހަމަކޮށް އެފޯމާއި އެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުން ތަކާއިއެކު، 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 16:00 ކުރިން އެޕާޓީ އޮފީހަށް އީމެއިލް ކުރެއްވުމުން ފޯމް ބަލައިގަންނާނެ ކަމަށެވެ.
އަދި މި އިންތިޚާބްގައި ވޯޓްލުން ކުރިއަށްދާނީ 27 ޑިސެމްބަރ 2021 ވާ (އަންގާރަ) ދުވަހު ހެންދުނު 10:00 ން ހަވީރު 1700 އަށް އެދާއިރާއެއްގެ ރަށްރަށުގައާއި މާލޭގެ ހަރުގޭގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close