ޚަބަރު

މިވަރުގެ ބޮޑު ގެއްލުމަކާއި، ބޮޑު ބަދުނާމެއް ދިނީމަ، ބޭންކް އޮފް މޯލްޑްވްސް އާ އެމްއެމްއޭގެ މައްޗަށް އަޅުގަނޑު ގަސްދުކުރަނީ ދައުވާކުރަން: އަލްހާން


ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނި ބަދުނާމުވާގޮތަށް އަމަލުކޮށްފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި ދެކޮޅަށް ދައުވާކުރާނެކަމަށް ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން ބުނެފިއެވެ.

އެކުންފުނިން މިހެން ބުނީ، ފޮރެކްސް ޓްރޭޑްކުރާ ފަރާތްތަކުން ސަމާލުވުމަށް އަންގާ އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނިކޮށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އި ކިންގްސް ކެޕިޓަލް ހޯލްޑިންސްގް ޗެއާމަން، ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ހަފުތާ ބަންދުގައި އެމްއެމްއޭ އިން ބަޔާނެއް ނެރެ، ބީއެމްއެލް އިން އެ ކުންފުނީގެ އެކައުންޓް ފްރީޒް ކޮށްފައިވާ ވަނީ ހަގީގަތް ރަނގަޅަށް އޮޅުން ނުލިފުލުވާ ވަރަށް ޒިންމާދާރުކުޑަކޮށްކަމަށެވެ. އެމްއެމްއޭއިން އޭނާގެ ކުންފުންޏާ މެދު ކުރާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއްކަމަށާއި، އެކަމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ނިންމާފައިވާކަމަށް އަލްހާން ވިދާޅުވިއެވެ.

މިވަރުގެ ބޮޑު ގެއްލުމެެއް މިވަރުގެ ބޮޑު ބަދުނާމެއް ދިނީމަ، އެހެންވީމަ ބޭންކް އޮފް މޯލްޑްވްސް އާ އެމްއެމްއޭގެ މައްޗަށް އަޅުގަނޑު ގަސްދުކުރަނީ ދައުވާކުރަން، ކުންފުނީގެ ގުޑްވިލް ގެއްލި އަޅުގަނޑު އަބުރު ގެއްލި ލިބުނު މާލީ ބޮޑު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން..

– އަލްހާން ފަހުމީ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވާލި ކިންގްސް ފޮރެކްސް ގެ އިންވެސްޓްމަންޓް ޕްލޭން ތަކުގައި 1،600 އަށްވުރެ ގިނަ މީހުން އިންވެސްޓު ކޮށްފައިވާއިރު، ދަތި ކުރުމުގެ ފިޔަވަޅުތައް އެލުމާ ގުޅިގެން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ގެއްލުންވާނެކަމަށް އަލްހާން ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ލިބޭ ގޮތަށް ބައެއް ފަރާތްތަކުން އިންވެސްޓް ކޮށްފައިވާއިރު، އިންވެސްޓް ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފައިސާ ދޫކުރޭނެ މަގެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަ އެކުންފުނިން ބުންޏެވެ.

އަލްހާންގެ ކުންފުނީގެ އެކައުންޓް ފްރިޒްކުރުމާއި ގުޅިގެން އެކުންފުނިން ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް އެކުންފުންޏަށް އަމާޒުކޮށް އެކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް، އެކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ ގުޑްވިލް ހަލަކުކޮށްލާ، އަގުވައްޓާލާ އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާނެއްކަމަށާއި، އެކަން ކުށްވެރިކުރާކަމަށެވެ.

އެމްއެމްއޭއިން ރޭ ނެރުނު ބަޔާނުގައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ޢާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސްބުކާއި ޓެލެގްރާމްފަދަ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމްއެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބެމުން އަންނަކަމަށެވެ.

މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، ޢާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށްކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެއް ކޮމެންޓް

  1. Anekkaa laari gandeh dhamaigannan court ah massala eh! Alhe halaal masakkatheh kohgen laari hoadhan neygenee heyyeve! Mulhi umuru Thiya ulhenee thihen hihoo thanun kaigen ulhen kamah heyyeve! Madheena ah kiyan dhiya meehakah veethee ves ladhu gane eve!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close