ޚަބަރު

ރައިދާސް މޯލްޑިވްސް ސްޕްރިންގ ސަމަރ ކަލެކްޝަން އިފްތިތާޙުކުރުމުގެ ޙަފްލާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ސަތޭކަ ޕަސަންޓް ދިވެހި އުފެއްދުންތައް ބާޒާރާނެރެ މަޝްހޫރުކަން ހޯދާފައިވާ ޑިޒައިނަރ ރައިދާ ޝަފީޤްގެ “ރައިދާސް މޯލްޑިވްސް ސްޕްރިންގ ސަމަރ ކަލެކްޝަން 2022” އިފްތިތާޙުކުރުމުގެ ޙަފްލާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު، ބައިވެރިވެ ވަޑައިގެންނެވި މި ޙަފްލާ އޮތީ ރޭ ދަ މެރީނާ އެޓް ކްރޮސްރޯޑްސްގައިއެވެ.

ކްރޮސް ރޯޑްގައި ބޭއްވި މި ޙަފްލާއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ‘ރައިދާސް މޯލްޑިވްސް ފިހާރަ ވެސް ބައްލަވާލައްވާފައެވެ. އެދެކަނބަލުންގެ އަރިހުގައި ފިހާރައިގެ ވެރިފަރާތް އަދި މަޝްހޫރު ޑިޒައިނަރެއް ކަމުގައިވާ ރައިދާ ޝަފީޤް ވަނީ ބައިވެރިވެވަޑއިގެންފަ އެވެ.

ރައިދާސް މޯލްޑިވްސް އަކީ 2015 ވަނަ އަހަރު ވުޖޫދަށްގެނައި ދިވެހި ފެޝަން ލޭބަލްއެކެވެ. މި ލޭބަލް ޚާއްޞަކުރެވިފައި ވަނީ އަންހެން ބޭފުޅުންގެ ތަފާތު ވައްތަރުގެ ހެދުންތަކަށެވެ.

ފާއިތުވި އަހަރުތަކުގައި ރައިދާސް މޯލްޑިވްސް ގެ ހެދުން ކަލެކްޝަންތައް ވަނީ އެކި ޤައުމުތަކުގައި ދައްކާލައި، ފެޝަންގެ ދުނިޔޭގައި މީހުންގެ މަޤްބޫލުކަން ހޯދާފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close