ޚަބަރު

ރާއްޖެއިން މިއަދު ޕޮޒިޓިވް ވީ 24 މީހުން

ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވް ވީ 24 މިހުން ކަމަށައި، އަދި 102 މީހުން ބަލިން ރަނގަޅުވެފައި ވާކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން އާންމުކުރެއްވި ތަފާސްހިސާބަށް ބަލާއިރު ހުކުރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހޮނިހިރު ދުވަހުގެ 18:00އާ ހަމައަށް ޕޮޒިޓިވްވީ 20 ދިވެހިންނާއި 4 ބިދޭސީންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11178އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑް-19ގެ ބަލިމީހުންގެގޮތުގައި ތިބީ 1138މީހުންނެވެ. އޭގެތެރެއިން 369 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު 43މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ. މިވަގުތު މިބައްޔަށް އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންތިބީ ހަމައެކަނި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 102 މީހުން ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10،097އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ނިޔާވި މިޙާ ހިމެނޭހެން 29 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 36 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1572 ސާމްޕަލެއް ވަނީ ނަގާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close