ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންޖެހޭ- ރައީސް މައުމޫން
ރާއްޖޭގައި ކޮވިޑްފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަވަށްޓެރި ސްރީލަންކާގައި ރޭން ފެށިގެން މިމަހު 30 ގެ ނިޔަލަށް ލޮކްޑައުން އިއުލާނުކޮށްފައިވާ ކަމަށެވެ.
އަދި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް، އެޗްޕީއޭ ޓެގްކޮށް ރައީސް މައުމޫން ކުރެއްވި ޓުވީޓެެއްގައި ވިދާޅުވެފައިވެ އެވެ
“ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ،”
ރައީސް މައުމޫން
ރާއްޖޭގައި ކޮވިޑް ފެތުރޭލެން މަދުވުމުގެ ސަބަބުން ސަރުކާރުން ބޮޑެތި ލުއިތަކެއް ދީފަ އެވެ.
އަދި ކޮވިޑުން ދިފާއުވުމަށްޓަކައި ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމުގެ ޕްރޮގުރާމެއް ސަރުކާރުން ވަނީ ފަށާފަ އެވެ. މި ޕްރޮގުރާމްގެ ދަށުން ވެކްސިން ޖެހޭ އުމުރުފުރާގެ 90 އިންސައްތަ މީހުންނަށް މިމަސް ނިމުމުގެ ކުރިން ވެކްސިން ފުރިހަމަ ކުރުމަށް ވަނީ އަމާޒު ހިފާފަ އެވެ.
ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ މިންވަރަށް މިހާރު ރާއްޖެއަށް ވެކްސިން ލިބިފައިވާކަން އިއުލާނުކުރައްވާފަ އެވެ. އަދި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމާއެކު ސަރުކާރުގެ އަމާޒަކީ މި އޯގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ.
ސްކޫލު ކުދިންގެ 12 އަހަރާއި 17ގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.



ކަމާބެހޭ ފަރާތްތަކުން ޔިކަން ކުރަމުން ގެންދާނެ. މަނިކުފާނު އަރާމު ކުރައްވާ!