“ރައިޒް އަޕް” މުޒާހަރާ މިރޭ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި
“ރައިޒް އަޕް” މުޒާހަރާ މިރޭ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
ފިޔަވަތީ މައްސަލައިގަ ޖެންޑާ މިނިސްޓްރީ ކުރިމަތީ މިރޭ މުޒާހަރާ ކުރަން “ރައިޒް އަޕް” އިން ނިންމާފައިވާއިރު ސަރުކާރުން ބުނަނީ ފިޔަވަތީގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތެއް ކުރަމުންގެންދާ ކަމަށެވެ.
ފިޔަވަތީގެ މައްްސަލަ ބޮޑުވީ މިދިޔަ ހުކުރު ދުވަހު އެތަނުގައި އަލިފާން ރޯކޮށްލުމާއި ގުޅިގެންނެވެ. އޭގެ ފަހުން ކުދިން ހަޅޭއްލެވުމާއި އެތަނުގެ ފުރާޅު މައްޗަށް އެރުމުގެ ކަންކަން އިތުރުވެފައިވާއިރު އިއްޔެ މުވައްޒަފުން ވަނީ ގަޑިއެއްހާއިރަށް މަސައްކަތްވެސް ހުއްޓާލާފަ އެވެ.
ރައިޒް އަޕްގެ ސްޕޯކްސް ޕާސަން ނާއިލް އަލީ ވިދާޅުވީ މިރޭ ޖެންޑާ މިނިސްޓްރީ ކައިރީ ހުންނަ އުރީދޫ އޮފީސް ކުރިމަތީ ބާއްވާ މުޒާހަރާގެ މައިގަނޑު މަގްސަދަކީ މިފަހުން ފިޔަވަތީގައި ހިނގައިދިޔަ ފަދަ ކަންތައްތައް ަކުރާރުވިޔަ ނުދިނުމަށް ޖެންޑާ މިނިސްޓްރީ އަށް ގޮވާލަން ކުރާ މުޒާހަރާއެއް ކަމަށެވެ. އޭނާ ވިދާޅުވީ މިނިސްޓްރީއަށް އެމީހުން ކުރާނެ އެންމެ ބޮޑު ޑިމާންޑަކީ މިފަދަ ކަންކަން ދިމާވިޔަ ނުދހިނުުމަށް ކުދިންނަށް ބޭނުންވާ މެންޓަލް ފެސިލިޓީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މުޒާހަރާ މިރޭ ފެށުމަށްނިންމާފައިވަނީ 8:00 ގަ އެވެ. މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއްކަމަށާއި މުޒާހަރާ ކުރިއަށް ގެންދިޔުމަށް ކަމާބެހޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ހަރަކާތުން އެދިފަވެ އެވެ.
މުޒާހަރާގައި ބައިވެރިވާ މީހުން ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފަވެ އެވެ.

