ފާފަތައް ކުރަމުންދާއިރު ހުއްޓުވުމަށް މަސައްކަތް ނުކޮށްފިނަމަ އާއްމުވެގެންވާ ކޯފާއެއް އައުން ގާތް – ހުކުރު ޚުތުބާ
އެބައެއްގެ ތެރޭގައި ފާފަތައް ކުރަމުންދާއިރު އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ނުކޮށްފިނަމަ އެބައެއްގެ މައްޗަށް އާއްމުވެގެންވާ ކޯފާއެއް ﷲ ފޮނުއްވުން ގާތް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާ ހާއްސަކޮށް ފައިވަނީ، “ބުއްދީގެ އަހުލުވެރިންނޭވެ ފަހެ ތިޔަބައިމީހުން އިބްރަތް ލިބިގަންނާށެވެ” މި މައުޟޫއަށެވެ.
ގައުމެއްގައި ނުވަތަ މުޖުތަމައެއްގައި މުންކަރާތްތައް ހިނގަމުންދާނަމަ، އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެތަނެއްގައި މުންކަރާތްތައް މަނާނުކުރެވޭނަމަ އެއީ ﷲގެ ކޯފާ އެބައެއްގެ މައްޗަށް އައުން ގާތްވެގެންވާކަމެއް ކަމުގައި ވެއެވެ.
އަދި އެބައެއްގެ ތެރޭގައި ފާފަތައް ކުރަމުންދާއިރު އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ނުކޮށްފިނަމަ އެބައެއްގެ މައްޗަށް އާއްމުވެގެންވާ ކޯފާއެއް ﷲ ފޮނުއްވުން ގާތް ކަމުގައިވެސް ހުތުބާގައި ބުނެފައިވެއެވެ.
މި ލޮބުވެތި ވަޠަނުގައި ދިރިއުޅޭ މުވާޠިނުންނަށް މާތްﷲ ދެއްވާފައިވާ ނިއުމަތްތައް ގުނާ އަދަދު ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
” އަދި އެކަލާނގެ ހަޞްރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްވެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲގެ ނިއުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިއުމަތްތައް އަދަދެއް ނުކުރެވޭ ހުއްޓެވެ. ހަމަކަށަވަރުން އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތް މީހެކެވެ. ﷲ ހަނދުމަކުރުމުން އެއްކިބާވެ ﷲގެ ކުޅަދުންވަންތަކަމާއި، އެކަލާނގެ މަޚުލޫގާތުތަކާއި މެދު ނުވިސްނާ ހިތަށް އެރިގޮތަކަށް އުޅޭމީހުންގެ މިސާލު މާތްﷲ ޖައްސަވާފައި ވަނީ ނަޢަމްސޫފި ފަދަ ތަކެތީގެ މިސާލުންނެވެ. އެއީ އެ ހިތްތަކުން (ހައްގުގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (ހައްގު މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި ކަންފަަތްތަކުން (ހައްގު އަޑު) ނާހާ ކަންފަތްތަކެއް އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުން ބޮޑެވެ. އެއުރެންނަކީ ހަމަ ޣާފިލުވެގެންވާ ބައެކެވެ.”
ހުކުރު ޚުތުބާ
ޣައިރު މުސްލިމުންގެ ޝިއާރުތައް ފާޅުކޮށް އެބައިމީހުންގެ ޢީދުތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހުއްދަވެގެން ވާކަމެއް ނޫންކަމަށާއި، އެފަދަ ކަންކަން ކުރުމަކީ އެބައިމީހުންގެ ކުފުރާއި ޝިރުކުގެ ޝިއާރުތައް ފާޅުކޮށް އެފަދަ އަމަލުތައް ހިންގުމަށް ވާގިވެރިވެ އެހީތެރިވުމުގެ ތެރެއިން ވާކަމެއް ކަމުގައިވެސް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.
ޢުމުރުގެ ބާކީއޮތް ދުވަސްތަކަކީ ފައިދާ ކުރަނިވި ސާލިހު އަމަލުތައް ކުރުމުގައި ދެމިތިބޭ ދުވަސްތަކެއް ކަމުގައި ހެދުމަށްވެސް ހުތުބާއިން ވަނީ ނަސޭހަތްތެރިވެފައެވެ. އެހެނީ ކުރާ ހެޔޮއަމަލަކުން މެނުވީ އާޚިރަތުގައި ފައިދާއެއް ނުކުރާނެތީއެވެ.
ފާއިތުވެގެންދާ ކޮންމެ އަހަރަކީވެސް އެ އަހަރު ތެރޭގައި އަހަރެމެން ކުރި އަމަލުތަކާއި މެދު އަހަރެމެންގެ މައްޗަށް ހެކިދޭ އަހަރެކެވެ. އަދި އަހަރެމެންގެ ހަޔާތުން ނިމިގެންދާ ކޮންމެ ދުވަހަކީ އަހަރެމެންގެ އަނބިދަރިންނާއި، ގާތްތިމާގެ މީހުންނާއި، ގާތް ރައްޓެހިންނާއި އެކީގައި ހޭދަކުރެވޭ ދުވަސްތައް މަދުވެ، އަހަރެމެންގެ އަޖަލުލ ގާތްކޮށްދޭނެ ދުވަހެކެވެ.
އެއީ އެކަނިމާއެކަނި ޤަބުރުގައި އޮންނަން ޖެހޭނެ ދުވަސް ގާތްވަމުންދާ ކަމުގެ ނިޝާނެއް ކަމުގައިވެސް މިއަދުގެ ހުކުރު ޚުތުބާއިންވަނީ ބުނެދީފައެވެ. އެމީހެއްގެ ޢުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކޮށްފި މީހަކީ، މާތްﷲގެ އިރާދަފުޅުން އަބަދުގެ އަބަދަށް ސުވަރުގޭގެ ނިއުމަތުގައި ހޭދަކުރާނެ މީހެކެވެ.
ހަމައެކަނި ﷲގެ އެއްކައުވަންތަކަމަށް އީމާންވުމަކުން ނުފުދޭނެ ކަމަށާއި އާހިރަތް ދުވަހު ހުރިހާ މަހްލޫގާތުތައް މަހްޝަރު ކުރެވޭނެ ކަމަށާއި ހިސާބު ބެއްލެވޭނެ ކަންވެސް ގަބޫލު ކުރަން ޖެހެއެވެ. އެ ދުވަހަކީ މުދަލަކުން އަދި ދަރިޔަކުންވެސް މަންފާކުރާނެ ދުވަހެއް ނޫންކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.


