ދީން

ޢަރަފާތް ދުވަހުގެ ޚާއްސަކަމާއި މާތްކަން

الحمد لله وحده والصلاة والسلام على من لا نبي بعده

ޢަރަފާތް ދުވަހަކީ އެތަކެއް ޚާއްޞަކަމަކާއި މާތްކަމެއް ލިބިގެންވާ ދުވަހެއް

ޢަރަފާތް ދުވަހަކީ ދުޢާ އިޖާބަކުރެއްވޭ ދުވަހެކެވެ. ޢަރަފާތް ދުވަހު އަންނަނިވި ދުޢާ ގިނަގިނައިން ކުރުން އައުލާވެގެންވެއެވެ. ((لا إله إلا الله وحده لا شريك له، له الملك، وله الحمد، وهو على كل شيء قدير))

ޢަރަފާތް ދުވަހަކީ ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތް ބިމުގައި ތިބެގެން އަޅުކަން އަދާކުރާ ދުވަސް

ޢަރަފާތް ދުވަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއް

ޢަރަފާތް ދުވަހަކީ ޙައްޖު މަހުގެ މާތް ދިހަދުވަހުގެ ތެރެއިން ދުވަހެއް

ޢަރަފާތް ދުވަހުގެ މަތިވެރިކަމަށްޓަކައި ޢަރަފާތް ދުވަސް ގަންދެއްވާ ﷲ ތަޢާލާ ހުވާ ވަޙީކުރައްވާފަ

ޢަރަފާތްދުވަހަކީ އިސްލާމީ ޝަރީޢަތް ފުރިހަމަ ވެއްޖެކަން ﷲ ތަޢާލާ އިޢުލާންކުރެއްވި ދުވަސް

ޢަރަފާތް ދުވަހަކީ ﷲ ތަޢާލާ އާދަމުގެ ދަރިންގެ ބުރިކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެއުރެންގެ ވެރިރަސްކަލާނގެ އަކީ ﷲ ތަޢާލާކަން ކަމުގައި އެބައިމީހުންގެ އިޤްރާރުން އަޙުދު ކަށަވަރު ހިއްޕެވި ދުވަހެވެ.

ޢަރަފާތް ދުވަހަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޢަރަފާތް ބިމަށް ޖަމާވާ އަޅުތަކުންނާއިމެދު ﷲ ތަޢާލާ މަލާއިކަތްބޭކަލުންގެ ކުރިފުޅުމަތީގައި ފަޚުރުވެރިވެވޮޑިގަންނަވާ ދުވަހެކެވެ.

ޢަރަފާތް ދުވަހަކީ ފާފަފުއްސަވާ ދުވަހެކެވެ. މިގޮތުން ޢަރަފާތް ބިމަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖަމާވާ މީހުންނާއި، ޢަރަފާތް ދުވަހު ރޯދަ ހިފާ މީހުންގެ ދެއަހަރު ދުވަހުގެ (އިސްވެދިޔަ އަހަރާއި އަންނަ އަހަރުގެ) ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވާނެތެވެ.

ޢަރަފާތް ދުވަހަކީ ﷲ ތަޢާލާ އެންމެ ގިނައިން އަޅުތަކުން ޖަހަންނަމައިން ނަޖާ ކުރައްވާ ދުވަހެވެ.

ޢަރަފާތް ދުވަހު ﷲ ތަޢާލާ ޢަރަފާތް ބިމުގެ އަހުލުވެރިންނާއި ކުއްތަންވެވޮޑިގެން އެބައިމީހުން އެދެނީ ކޮންކަމެއްތޯ ސުވާލުކުރައްވާނެއެވެ.

ރިފަރެންސް:  އައްޝައިޚް އަޙްމަދު ރިމާޒް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close