ޚަބަރު

މީޑިއާ އަށްވެސް ސިއްރުން ކެޓްރީނާއާއި ވިކީ ކައިވެނިކޮށްފި

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ވިކީ ކޯޝަލް ކައިވެނި މީޑިއާ އަށްވެސް ސިއްރުން ކޮށްފި އެވެ.

ކައިވެނީގެ ހަފްލާ އަށް ދައުވަތު ދީފައި ވަނީ ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިންނަށެވެ.

މި ދެ ފަންނާނުންގެ ކައިވެނި ހަފްލާ ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައު ރާޖިސްތާނުގެ ސިކްސް ސެންސަސް ފޯޓް ބާރްވާރާގަ އެވެ.

ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާ އެކު އެވެ. ވިކީ އާއި ކެޓްރީނާ ވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކައިވެނީގެ ހަފްލާގެ ފޮޓޯތައް މިހާރު އާންމު ކޮށްފަ އެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުން ކެޓްރީނާ ކައިވެންޏަށް ލައިގެން ހުރީ ރަތް ކުލައިގެ ލެހެންގާއެކެވެ. އަދި ވިކީ ލައިގެން ހުރީ ޕީޗު ކުލައަކަށްދާ ޝޭރްވާނީއެކެވެ.

މި ކައިވެނީގެ ހަފުލާ އަށް ރަސްމީކޮށް ދައުވަތު ދީފައި ވަނީ ގާތްގަނޑަކަށް 120 މީހަކަށެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ފިލްމު އިންޑަސްޓްރީގެ އެންމެ ގާތް މީހުންނެވެ. އެގޮތުން މިރަސްމިއްޔާތުގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި ކަބީރް ޚާން، ނޭހާ ދުޕިއާ އަދި ގުރްދާސް މާން ހިމެނެ އެވެ.

ފަހުގެ ތާރީހެއްގައި ދެމަފިރިންގެ ރައްޓެހިންނަށާއި ބޮލީވުޑްގެ ފަންނާނުންނަށް ރިސެޕްޝަނެއް ބާއްވާނެ ކަމަށްވެ އެވެ.

ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ތަރިން ކައިވެންޏަށް ފަހު ވަރަށް އަވަހަށް ހަނީމޫނަށް ރާއްޖެ އަންނާނެ އެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން އެ ދެ ފަންނާނުން ވަކި އެއްޗެއް ހާމަކޮށްފައިނުވެ އެވެ.

ދެ ތަރިން ކައިވެންޏަށް ފަހު، ސޮއިކޮށްފައި ހުރި ފިލްމީ މަސައްކަތްތަކަށް ވަގުތުދޭން ފަށާނެ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close