މިޔުޒިކާއި ނުލައި މަދަޙަ ނުވަތަ އިސްލާމީ ނަޝީދު ކިޔުމުގެ ޙުކުމަކީ ކޮބާ؟
ސުވާލު: މިޔުޒިކާއި ނުލައި މަދަޙަ ނުވަތަ އިސްލާމީ ނަޝީދު ކިޔުމުގެ ޙުކުމަކީ ކޮބާ؟
ޖަވާބު:
العلامة عبدالعزيز ابن باز رحمه الله ވިދާޅުވިއެވެ. އިސްލާމީ ނަޝީދު (މަދަޙަ) ގެ ޙުކުމް އެކި ޙާލަތުގައި ތަފާތުވެގެން ވެއެވެ.
އެތަކެތީގައި ހެޔޮކަމަށް ދަޢުވަތުދީ، ހެޔޮކަންކަން ހަނދުމަކޮށް ދިނުމާއި، ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންތެރިވުމަށާއި، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކުން ވަޠަން ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ދުޝްމަނުންނާއި ކުރިމަތިލުމަށް ތައްޔާރުވުމަށް ދަޢުވަތު ދިނުންފަދަ ކަންކަން ފިޔަވައި (އެހެނިހެން ގޯސްކަންކަން) ނުހިމެނޭ، ރަނގަޅު އެއްޗެހިނަމަ، އެކަމުގައި މައްސަލައެއްނެތެވެ.
ނަމަވެސް އެތަކެތީގައި ފާފައަށް ދަޢުވަތު ދިނުމާއި، ދެ ޖިންސު މަސްހުނިވުމާއި، ނުވަތަ ފިރިހެނުން ކުރިމަތީގައި އަންހެނުން ފާޅުވެގަތުމާއި، ނުވަތަ އެއްވެސް ފަސާދައެއް ހިމެނޭނަމަ އެތަކެތި އަޑުއެހުން ހުއަދަވެގެން ނުވެއެވެ.
مجموع فتاوى ومقالات متنوعة“ {3/437}
ޖަވާބު ދެއްވީ:
✍الشيخ احمد سمير بن إبراهيم