ދީން

ފަރްޟު ނަމާދުތަކުގެ ފަހުގައި ޛިކްރުކުރުމުގެ މާތްކަން

ފަރުޟު ފަސް ނަމާދުގެ ފަހުގައި ޛިކުރު ( ޛިކުރު ތަސްބީޙަ ) ކިޔުމަކީ ވަރަށް މާތް މަތިވެރި ކަމެކެވެ. އެއީ ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޞައްޙަ ހަދީޘުން ސާބިތުވާ ގަދަވެގެންވާ ސުންނަތެކެވެ.

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި مَنْ سَبَّحَ اللَّهَ فِي‏‏دُبُرِكُلِّ صَلَاةٍ ثَلَاثًا وَثَلَاثِينَ وَحَمِدَ اللَّهَ ثَلَاثًا وَثَلَاثِينَ وَكَبَّرَ اللَّهَ ثَلَاثًا وَثَلَاثِينَ فَتْلِكَ تِسْعَةٌ وَتِسْعُونَ وَقَالَ تَمَامَ الْمِائَةِ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ غُفِرَتْ خَطَايَاهُ وَإِنْ كَانَتْ مِثْلَ‏زَبَدِ‏الْبَحْرِ – رواه مسلم

މާނައީ:”މީހަކު ކޮންމެ (ފަރްޟު) ނަމާދެއްގެ ފަހުގައި سبحان الله 33 ފަހަރު، الحمدلله 33 ފަހަރު، ألله أكبر33 ފަހަރު ކިޔައިފިނަމަ، ފަހެ އެވީ 99 އެކެވެ. އެއަށްފަހު ސަތޭކަހަމަކުރުމަށް لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ކިޔައިފިނަމަ، ކަނޑުގެ ރާޅުތަކުގެ ފޮނުތަކާ އެއްވަރަށް އޭނާގެ ފާފަތައް ހުރިކަމުގައިވިޔަސް އޭނާއަށް ފުއްސަވާ ދެއްވާނެތެވެ.”

ގުޅުންހުރި ލިޔުންތައް

އެހެންކަމުން އަޅުގަނޑުމެން އެންމެހައި މުސްލިމުންނަކީ ކުރެވިފައިވާ ފާފަތައް ފުއްސެވުމަށް އެދި އެކަލާންގެ ހަޟްރަތުގައި ދުޢާދަންނަވަމުންދާ އިޚްލާޞްތެރި ތެދުވެރި ބަޔަކަށް ވެވޭތޯ ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށްވޭތޯ ބަލަމާތޯއެވެ. އަދި ދޫމައްޗަށް ލުއި މީޒާނުގައި ބަރު މިފަދަ ކަލިމަތަކާއި، ދުޢާތަކާއި، ތަސްބީޙަ ތަކާއި ، ޛިކުރުތައް ގިނަގިނައިން ކިޔާ ބަޔަކަށް ވަމާތޯއެވެ.

والله علم

މަޢުލޫމާތު ނެގީ : އަލްއަޚް ޢަބްދުއްސަލާމް ދާވޫދުގެ ލިޔުއްވުމަކުން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close