ފިރިމީހާ އަނބިމީހާގައިގަ އަތްލައިފިނަމަ ވުޟޫގެއްލޭނެތޯ؟
ސުވާލު: ފިރިމީހާ އަނބިމީހާގައިގަ އަތްލައިފިނަމަ ވުޟޫގެއްލޭނެތޯ؟
ޖަވާބު:
ވުޟޫކޮށްގެން ހުރެ، ފިރިމީހާ އަނބިމީހާގައިގައި ބީހުމުން ވުޟޫއެއް ނުގެއްލޭނެއެވެ.
ފިރިއަކު އޭނާގެ އަނބިމީހާއާ އަތާއަތްޖޯޑުކޮށް ސަލާމްކުރުމަކުން، ނުވަތަ އަނބިމީހާއަށް ދޮނެއް ދިނުމަކުން އެއީ ޝަހުވަތާއެކުގައި ކަމަށްވިޔަސް އެއްޗެއް ބޭރު ނުވާހާ ހިނދަކު، އެދެމީހުން ކުރެ އެއްވެސް މީހެއްގެ ވުޟޫއެއް ނުގެއްލޭނެއެވެ.
ޖަވާބު ދެއްވީ:
✍️الشيخ محمد شافع
