ދީން

ޙޫރުލްޢީނުން (އަށާރަވަނަބައި) – ޖަންނަތުގައި ގިނަ އަނބީން ހޯދޭނެގޮތްތައް

ރުޅި ކޮންޓްރޯލުކުރުން

” މުޢާޛު ބިން އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ.” ބާރު ހިންގާލުމުގެ ކުޅަދާނަކަން ލިބިގެންވާ ޙާލުގައި، ރުޅި މަތަކޮށްފިނަމަ، ޤިޔާމަތްދުވަހުން ﷲ ތަޢާލާ ހުރިހައި ޚަލްޤުތަކުންގެ ކުރިމަތީގައި އޭނާ ބޭނުން ޙޫރެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު ދެއްވާނެއެވެ.”

(رواه أبوداود والترمذي وقال رحمه الله: حديث حسن غريب – الترمذي: 372/4)

  • ޞާލިޙު ޢަމަލު ކުރުން

އިމާމު އައްރާޒީ ރަޙިމަހުﷲ ވިދާޅުވާގޮތުގައި، “ﷲ ތަޢާލާ މުއުމިނާއަށް އޭނާގެ ހެޔޮޢަމަލު ގިނަކުރިވަރަކަށް، ގިނަ އަނބީން ދެއްވާނެއެވެ.” މުއުމިނާއަށް ޖަންނަތުގައި ލިބޭނެ އަނބީން ބިނާވެގެންވަނީ، އޭނާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި މިންވަރެއްގެ މައްޗަށް، ޖަންނަތުގައި ލިބޭ ދަރަޖައެއްގެ މައްޗަށެވެ. އެހެންކަމުން، އަހަރެމެންނަށް ވެވުނު އެންމެ ގިނައަކުން، ހެޔޮޢަމަލުކޮށް، ޖަންނަތުގައި ގިނަ އަނބީން ލިބޭތޯ މަސައްކަތްކުރަންވާނެއެވެ.

(ނުނިމޭ)

މި ލިޔުމުގެ އެހެން ބައިތައް ކިޔާލުމަށް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close