ޚަބަރު

ﷲ ޙަރާމް ކުރެއްވި ތަކެތީގެ ތެރޭގައި މިއުޒިކާއި ލަަވަ ނުހިމެނޭ ކަމަށް މައުމޫން ވިދާޅުވެއްޖެ


ﷲ ޙަރާމް ކުރެއްވި ތަކެތީގެ ތެރޭގައި މިއުޒިކާއި ލަަވަ ނުހިމެނޭ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، ދިޑެއިލީ ނޫހަށް ދެއްވި އިންޓަވިއުއެެއްގައެވެ.

އެ ނޫހަށް ރައީސް މައުމޫން ވިދާޅުވީ، މަތިވަރި ރައްބު ހަރާމް ކުރެއްވި ކަންތައްތަކުގެ ތެރޭގައި މިއުޒިކް ކުޅުމާއި، ލަވަކިޔުން ނޯންނަ ކަމަށެވެ.

“އެއްވެސް ކަމެއް ހަރާމް ވަނީ މަތިވެރި ރައްބު އެކަމެއް ހަރާމް ކުރެއްވުމުން، އެ އިލާހް ހަރާމް ކުރެއްވި ކަންތައްތައް ވަނީ ކީރިތި ގުރުއާންގައި ބަޔާން ކުރައްވާފައި.އަދި އެކަންކަމުގެ ތެރޭގައި މިއުޒިކް ކުޅުމާއި، ލަވަކިޔުން ނޯވޭ”. ދި ޑެއިލީއަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން މިއުޒިކް އާއި ލަވަކިޔުން ހުއްދަ ކުރެއްވިއިރު، ރާއްޖޭގައި ދެން ލަވަ އާއި މިއުޒިކް ކުޅުން ހުއްދަ ކަމަށް ވިދާޅުވާ ހަމައެކަނި ޝެއިޚަކީ އެމްޑީޕީއަށް ނިސްބަތްވާ ޝެެއިޚް ހުސައިން ރަޝީދެވެ.

ރާއްޖޭގެ ބޮޑެތި ހުރިހާ އިލްމުވެރިންނާއި، ދުނިޔޭގެ އިލްމުވެރިން ވިދާޅުވާގޮތުގައި، މިއުޒިކް އާއި ލަވަ ކިޔުން ހަރާމް ވާނެ އެވެ.

ރައީސް މައުމޫނަކީ މީގެ ކުރިންވެސް ދީނީ ގޮތުން ބައެއް މައްސަލަތަކުގައި އާދަޔާ ހިލާޔު ރައުޔު ނެރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ބުރުގާ އެޅުން އަންހެނުންނަށް ވާޖިބު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ނަމަވެސް ބުުރުގާ އެޅުން އަންހެނުންނަށް ވާޖިބުކަން ކީރިތި ގުރުއާނުން ސާބިތުވާކަން ދެއްކުމުން، އެމަނިކުފާނު އެއިރު ވިދާޅުވީ، “ގުރުއާނަކީ ކޮންމެ ކަމަކަށް ހުއްޖަތެއް ނޫން”. ކަމަށެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close