ޚަބަރު

ފާއިތުވި 3 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަނީ އިންޤިލާބީ ބަދަލުތަކެއް ގެނެވިފައި – ރައީސް

ފާއިތުވި 3 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަނީ އިންޤިލާބީ ބަދަލުތަކެއް ގެނެވިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމު ދިނުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ފާއިތުވި 3 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެވިފައިވާކަން ރައީސްފާހަގަ ކުރައްވަމުން ވިދާޅުވީ ސަރުކާރުން ހުޅުވާލި، ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމާއި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވަނީ ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައި ކަމުގައެވެ.

މީގެ އިތުރުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު، ތަޢުލީމީ ހުރިހާ މަރުޙަލާއެއްގައި ފުރިހަމައަށް ކަށަވަރުކޮށްދިނުމުގެ ގޮތުން ރާއްޖޭގައި މުޅިން އަލަށް ތަޢުލީމުގެ ޤާނޫނަކާއި މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނެއް އެކުލަވާލައި މި އަހަރުގެ ތެރޭގައި ޢަމަލުކުރަން ފަށާފައިވާކަން ފާހަގަކުރެއްވި އެވެ.

ހަމައެހެންމެ ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށްގެން ޔުނެސްކޯ އެހީގައި އެކުލަވައިލި އައިސީޓީ މާސްޓަރ ޕްލޭނަށް ވެސް މިއަންނަ ޖެނުއަރީ މަހުގެ ތެރޭގައި ޢަމަލުކުރަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން, ޑޮކްޓަރ ޢާއިޝަތު ޢަލީ އާއި ތަޢުލީމީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close