ޚަބަރު

އެޗްއައިވީ އަށް ދިގު މުއްދަތަކަށް ފަރުވާދޭ އިންޖެކްޝަނެއް ޖަހަން ފުރަތަމަ ފަހަރަށް ހުއްދަދީފި

އެޗްއައިވީ ޖެހިފައިވާ އެތައް ހާސް ބަޔަކު ދުވާލެއްގެ މައްޗަށް އިތުރުވަމުންދާއިރު، އެމީހުންގެ ބައްޔަށް ފަރުވާހޯދުމަށް ދިގުމުއްތަކަށް ބޭސް ކެއުމުގެ ބަދަލުގައި އިންޖެކްޝަނެއް ތަޢާރަފް ކޮށް ބޭނުން ކުރުމުގެ ހުއްދަ ދީފިއެވެ.

އެންއެޗްއެސްގެ ޑްރަގްސް ވޮޗްޑޯގް، ނެޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތު އެންޑް ކެއާ އެކްސެލެންސް އިން މި ފަރުވާ އަށް ރުހުން ދިނުމުން ޗެރިޓީތަކުން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.

މި ތެރަޕީގެ ސަބަބުން ކޮންވެންޝަނަލް އެންޓިރެޓްރޯވައިރަލް ޑްރަގްސްއާ އެއްފަދަ ގޮތަކަށް ބަލީގެ ވައިރަސް ދުރުކޮށްދެ އެވެ.

އިންގްލެންޑްގެ 13،000 އާ ގާތްކުރާ އަދަދަކަށް މީހުން މި އިންޖެކްޝަން ނަގާނެކަމަށް ކަމާބެހޭ މާހިރުން ލަފާކުރައްވައެވެ.

ކޮންމެ ދެ މަހަކުން ވަކި ދެ އިންޖެކްޝަންގެ ގޮތުގައި މި އިންޖެކްޝަން ޖަހާއިރު މި ފަރުވާ އަކީ ބޭސްކާ މީހުންގެ ލޭގައި މިހާރުވެސް ދެނެނުގަނެވޭ މިންވަރަށް ވައިރަސް ހުރި މީހުންނަށް އެކަނި ވެސް އެކަށީގެންވާ ފަރުވާއެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ގިނަ ބަޔަކަށް އިތުރު ފަސޭހައަކަށް ވެދާނެ ފަރުވާއެކެ އެވެ.

ލަންޑަންގެ ކުއީން މޭރީ ޔުނިވާސިޓީގެ އެޗްއައިވީގެ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސާ ކްލޯއީ އޯކިން ވިދާޅުވީ އެޗްއައިވީ ޖެހިފައިވާ މީހުން ދުވާލު ގަޑީގައި ހަދަންޖެހޭ އަނގައިގެ ތެރަޕީގެ ހަދަން ނެޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި އަހަރަކު ދެނީ އެންމެ ހަ އިންޖެކްޝަން ކަމަށެވެ.

ޔޫރަޕިއަން އެއިޑްސް ކްލިނިކަލް ސޮސައިޓީގެ ރައީސް ޑޮކްޓަރ ސަންޖޭ ބަގަނީ ވިދާޅުވީ، “މިއީ ހަމަ ޙަޤީޤަތުގައިވެސް ވަރަށް ބޮޑަށް މަރްޙަބާ ކިޔާ ކަމެއްކަމަށެވެ.

“އެޗްއައިވީ މުޖުތަމައުގައި އަދިވެސް ވަރަށް ބޮޑު މައްސަލައެއް، ކޮންމެ ދުވަހަކު ބޭސްކެއުމަކީ ބައެއް މީހުންނަށް އުނދަގޫ ކަމަކަށް ވެދާނެ. މިއީ ގިނަ ބަޔަކަށް ފަސޭހަވާނެ އޯލްޓަނޭޓިވް އެއް ލިބޭ ކަމެކެވެ.

“މި ރެކޮމެންޑޭޝަންގެ މައްޗަށް ބިނާވެފައިވާ ޑޭޓާ އަދި ދިރާސާތަކަކީ ހަރުދަނާ ދިރާސާތަކެއް، އަދި ރިއަލް-ވޯލްޑް އެކްސްޕީރިއަންސް އިން އަންގައިދެނީ އިންޖެކްޝަބަލް ޓްރީޓްމަންޓްތައް ފަށާ ޕޭޝަންޓުން އެގޮތުގެ މަތީގައި ތިބުމަށް އިސްކަންދޭކަން.”

މެންޗެސްޓާއަށް ނިސްބަތްވާ އެލެކްސް ސްޕެރޯހޯކް އަކީ ޓެރެންސް ހިގިންސް ޓްރަސްޓް ނަމަކަށް ކިޔާ އެޗްއައިވީ ޗެރިޓީއެއްގައި މަސައްކަތް ކުރާ މީހެއް މިކަމާބެހޭގޮތުން ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

މީގެ 12 އަހަރު ކުރިން އެޗްއައިވީ ޖެހިފައިވާކަން އެނގުނު އޭނާ ހުރީ ޑެއިލީ އާޓްގަ އެވެ. އޭނާ ބުނާ ގޮތުގައި ތަފާތު ޓްރީޓްމަންޓް އޮޕްޝަނެއް ލިބެން ހުރުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެކެވެ.

މި ޚަބަރަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ޚަބަރެކެވެ.

“ކޮންމެ ދުވަހަކު ބޭސްކެއުމުގެ ބަދަލުގައި އަހަރެއްގެ ތެރޭގައި ހަ ފަހަރު އިންޖެކްޝަން ޖެހުމުގެ ވިސްނުމަކީ މިކަމުގައި އޮތް ރަނގަޅު ހައްލެއްކެވެ. ކޮންމެ ދުވަހަކު ބޭސްކާން ހަދާން ކުރުމަކީ އެޗްއައިވީގެ ހަނދާންތައް އަބަދު އާކޮށްދޭ ކަމެއް ކަމަށާއި އޭގެ ސަބަބުން މީހާގެ ނަފްސާނީ ބަލިކަށިކަން އިތުވާކަމަށް އޭނާ ބުންޏެވެ.

“ބައެއް މީހުން އެޗްއައިވީ ގެ ހާލަތު ނުދަންނަ އެހެން މީހުންނާ އެކު ދިރިއުޅެން ޖެހިދާނެ، ނުވަތަ ޝިފްޓް މަސައްކަތް ކުރަން ޖެހިދާނެ ނުވަތަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމީހުން ނަގާ އިންޑަސްޓްރީއެއްގައި މަސައްކަތް ކުރަން ޖެހިދާނެ، އޭގެ ސަބަބުން ކޮންމެ ދުވަހަކު ބޭސްކެއުމަކީ އިތުރު ޗެލެންޖިން ކަމަކަށް ވެދާނެ.”

އޭނާ ގަބޫލުކުރައްވާ ގޮތުގައި ބަލީގައި ބޮޑުވަރުވެފައިވާ މީހުން މި އާ ފަރުވާއަށް ބޮޑަށް އިސްކަން ދޭން ޖެހެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close