ސުވާލު: އަރިދަފުސް ފައިބާ ނަމަ ޓިޝޫފަދަ އެއްޗެއް ހިފައިގެން ނަމާދު ކުރެވިދާނެތޯ؟
ސުވާލު: އަރިދަފުސް ފައިބާ ނަމަ ޓިޝޫފަދަ އެއްޗެއް ހިފައިގެން ނަމާދު ކުރެވިދާނެތޯ؟
ވަރަށް ބޮޑަށް ރޯގާޖެހި އަރިދަފުސް ފައިބާ ނަމަ ޓިޝޫ ނުވަތަ ރުމާލެއް ހިފައިގެން ހުރެ ނަމާދު ކުރެވިދާނެތޯ އަދި ހެދުމުގައި އަރިދަފުސް ހޭކިއްޖެ ނަމަ ނަމާދު ޞައްޙަވާނެތޯއެވެ؟
—
ޖަވާބު:
ރޯގާގެ ސަބަބުން އުނދަގޫވާ މީހަކު އެ ފުހެލުމަށްޓަކައި ނަމާދުގައި ޓިޝޫއެއް ނުވަތަ ރުމާލެއް ބޭނުން ކުރުމަކީ ނަމާދު ބާޠިލުވާ ކަމެއް ނޫނެވެ. ރޯގާ ނުވަތަ އަރިދަފުހަކީ ނަޖިހެއް ނޫނެވެ. ވީމާ އަރިދަފުސް ހެދުމުގައި ޖެހުމަކުން ނަމާދަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ.
ޖަވާބު ދެއްވީ:
✍️الشيخ محمد شافع
#SheikhShafiuQA

