ވާހަކަ

ޢިބުރަތްތެރި ވާހަކަ: އަވަށުގައި ހުރި ހަމައެކަނި ފަހާމީހާ

ކުޑައަވަށެއްގައި ސުރޭޝް ނަމަކަށް ކިޔާ ފަހާމީހަކު އުޅުނެވެ. އޭނާ އަކީ އެ އަވަށުގައި ހުރި ހަމައެކަނި ފަހާމީހާ ކަމުން، އެ އަވަށުގެ ހުރިހާ އެންމެން ވެސް ހެނދުން ފަހަން އަންނަޖެހެނީ އޭނާގެ ގާތަށެވެ. އެހެންކަމުން އެކަމުގެ ނާޖާއިޒު ފައިދާނަގަން އެމީހާ ބޭނުންވިއެވެ.
ސުރޭޝް އަށް އެނގޭ ގޮތުގައި ހެދުންފަހަން ނުވަތަ ފޭރާން ހޯދަން އޭނާގެ ގާތަށް އައުން ނޫން ގޮތެއް އެ އަވަށުގެ މީހުންނަކަށް ނޯންނާނެއެވެ. އެހެންކަމުން އެކަމާ އޭނާހުންނަނީ ވަރަށް ބޮޑާވެ ކިބުރުވެރި ވެފައެވެ.
އެވަށުގެ އެންމެވެސް ތިބެނީ އޭނާދެ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް އަދިވެސް އިތުރު ގޮތެއް ނެތުމުން އޭނާގެ ގާތަށް ދާން ޖެހެނީއެވެ.


އެއްދުވަހަކު ފަޤީރު އަންހެނަކު އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން އެ އަވަށަށް އައިސް އެތަނުގައި ދިރިއުޅެން ފެށި އެވެ. އެ އަންހެމީހާއަށް ދަސްވެފައިވާ ހަމައެކަނި މަސައްކަތަކީ ހެދުން ފެހުން ކަމުގައި ވާތީ ސްރޭޝްގެ ފަހާތަނަށް ވަޒީފާއެއް ލިބޭތޯ ދިޔައެވެ. ސުރޭޝް ކައިރިއަށް ގޮސް އޭނާގެ ފިހާރައިގައި އޭނާ ލައްވައި މަސައްކަތް ކުރުވަން އެދުނު ނަމަވެސް އޭނާ އެކަމާ ދެކޮޅު ހެދިއެވެ. އަދި އެ އެމީހާ ފޮނުވާލިއެވެ.


އާމްދަނީ ހޯދޭނެ އިތުރު ގޮތެއް ނެތުމުން އެ އަންހެން މީހާ އަތުގައި ހުރި ކުޑަ ފައިސާކޮޅުން ފަހާފޮއްޓެއް ގަތެވެ. އަދި އެ އަވަށުން ކުޑަ ކޮޓަރިގަނޑެއް ދުވަހު ކުއްޔަށް ހިފައިގެން އެމީހާވެސް ފެހުމުގެ މަސައްކަތް ފެށިއެވެ.
އެ އަންހެން މީހާގެ ފެހުން ރަނގަޅުކަމާއި މަޑުމައިތިރި ކަމާއި ރަޙްމަތްތެރިކަން އަވަށުގެ މީހުންނަށް އެނގި އެމީހާގާތަށް ފަހަން ދާމީހުންތައް ގިނަވާން ފަށައިފިއެވެ. އެންމެ ފަހުން އަވަށުގެ އެންމެން ކަހަލަގޮތަކަށް އެ އަންހެންމީހާގެ ގާތަށް ފައްސަން ދާން ފަށައިފިއެވެ.

ގުޅުންހުރި ލިޔުންތައް


މިހާރު އެއްކަލަ ބޮޑާވެފައި އުޅުނު ސުރޭޝްގެ ގާތަށް ފައްސަން ދާނެ ކަސްޓަމަރުން ނުލިބުމުގެ ސަބަބުން ސުރޭޝް ގެ އާމްދަނީ ލިބުން ވަނީ ހުއްޓުމަކަށްއައިސްފައެވެ. ސްރޭޝް ހުންނަނީ އެ އަންހެންމިހާ ފެހުމުގެ މަސައްކަތް ކުރާތީ އާއި، އެ އަވަށުގެ އެންމެވެސް އޭނާގާތަށް ފައްސަން ދާތީ އެކަމާ ރުޅިގަދަވެފައެވެ. އެހެންކަމުން އެ އަންހެންމީހާ ފެންނަ ކޮންމެ ފަހަރަކު އެމީހާއާއި ދިމާއަށް އެއްޗެހި ގޮވާ ހަޅޭލައި ހަދައެވެ.


ސްރޭޝް މާޔޫސްވެފައި ހުންނަތަން ފެނިގެން ސްރޭޝްގެ އަންހެނުން އެކަމާ ވިސްނަން ފެށިއެވެ. އެއްދުވަހަކު ސުރޭޝްގެއަނބިމީހާ އެ އަންހެން މީހާގެ ގާތަށް ގޮސް އޭނާ އާ ދިމާއަށް ބުންޏެވެ.
ކަލޭ އައި ފަހުން އެއްވެސް މީހަކު އަހަރެންގެ ފިރިމީހާގެ ފިހާރައަށް ހެދުން ފައްސާކަށް ނާދެއެވެ. މި ކުޑަކުޑަ އަވަށުގައި ފަހާ ދެތަން އެއްފަހަރާ ހިންގާނީ ކިހިނެއް ހެއްޔެވެ. ތިހެން ހަދައިގެން އެކަށީގެންވާ އާމްދަނީއެއް ނުލިބޭނެއެވެ. ކަލޭ އެއްބަސް ވަންޏާ ކަލޭގެ ފަހާތަން އަހަރެން ބޭނުން ވަނީ ގަންނާށެވެ.


އެ އަންހެން މީހާގެ ފަހާތަން ވިއްކާލަން އެއްބަސްވިއެވެ. ފަންސާސް ހާސް ރުފިޔާއަށް ފަހާތަން ސްރޭޝްގެ އަންހެނުންނަށް ވިއްކާލައިފިއެވެ. ހުރިހާ ފައިސާއެއް ނެގުމަށްފަހު ހަމަ އެދުވަހު ހަވީރު އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން އައަވަށުން ނިކުމެގެން ދިޔައެވެ.
ސުރޭޝް އަކީ ހަސަދައާއި، ރުޅިވެރިކަމުން ފުރިފައިވާ މީހެއް ކަމުން އެރޭ އެ އަންހެން މީހާގެ ފިހާރައަށް ގޮސް އެ ފިހާރައިގައި ރޯކޮށްލީ އެވެ. ފިހާރަ އަނދާ އަޅިއަށް ވެއްޖެއެވެ. މިހާރު އެތާންގައި އޮތީ ހުސްބިމެކެވެ.
ސްރޭޝްގެ އަނބިމީހާއަށް މިކަން އެނގުމުން އޭނާ ކައިރިއަށް ގޮސް ބުންޏެވެ. “ކަލޭ ތިކުރީ ކީއް! އަހަރެން އެ އަންހެންމީހާ އަތުން މިހާރު ވަނީ އެ ފަހާތަން ގަނެފަ. ޖުމުލަ ފަންސާސް ހާސް ރުފިޔާ އެއަންހެން މީހާއަށް އަހަރެން ދިނިން. އަދި އެމީހާ މި އަވަށުން ފޮނުވާލިން. އޭނާ ވަނީ މިއަދު ހަވީރު މިއަވަށުން ނުކުމެގެން ގޮސްފަ. ކަލެއަށް ތިޔަ ރޯކޮށްލެވުނީ ކަލޭގެ އަމިއްލަ ފިހާރަ އެއްގައި .
ސުރޭޝް އަށް އެ އަޑު އިވުމުން އޭނާއަށް އޭނާގެ ކުށެއް އިހުސާސްކުރެވުނެވެ. ނަމަވެސް މިހާރު މާލަސްވެއްޖެއެވެ. ވަގުތު ފާއިތުވެއްޖެއެވެ. އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް މިހާރަކު ނެތެވެ.
ނިމުނީ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close