ށަވިޔަނިން- ށަވިޔަނި
ކުޑަކުދިންގެ ވާހަކަ 43
އެއް ދުވަހަކު ހަވީރު ށަވިޔަނި ރަށުތެރެ ބަލައިލަން ދިޔައެވެ. ކާނެ އެއްޗެއް ލިބޭތޯއެވެ. ށަވިޔަނި ހުރީ ވަރަށް ދެރަވެފައެވެ. އެއީ ށަވިޔަނި އަކުރުން ފެށެނީ ހަމައެކަނި ށަވިޔަނި ކަމަށް ވާތީއެވެ.
މިހެން ދަނިކޮށް ދިމާވީ ތައްޓަކާއެވެ. ތަށި އިނީ ވަރަށް އެކަނިވެފައެވެ. ތަށި ބުންޏެވެ. ” އަހަރެންގެ ބޭނުންކުރާނެ މީހަކު ނެތް”. ށަވިޔަނި ތަށި ދެރަވެފައި އިންތަން ފެނުމުން ތަށި ނެގިއެވެ. އަނެއްކާވެސް ހިނގަންފެށިއެވެ. ތަންކޮޅަކަށް ދެވުނުތަނާ ފެނުނީ ބަށި ގަހެކެވެ. އެގަހުގައި ބަށިތައް ހުރީ ދޮންވެފައެވެ. “އަހަރެން ބިންނާނެ މީހަކު ނެތް”. ބަށިގަހުގައި ހުރި ދޮން ބަށިތައް ބުންޏެވެ. ދެން އަނެއްކާވެސް ފެނުނީ މިރުސް ގަހެކެވެ.
އެގަހުން މިރުސް ބިނދެގެން ށަވިޔަނި ގެއަށްދިޔައެވެ. އަދި ވަރަށް މީރުކޮށް ބަށީގައި ރިހަ ކެއްކިއެވެ. މިހާރު ތަށި އިނީ ވަރަށް އުފަލުންނެވެ. އެއީ ށަވިޔަނި ހުރިހާ އިރަކު ކާއިރު ތަށްޓަށް ކާއެއްޗިހި އަޅާ ތަށީގެ ބޭނުންކުރާތީއެވެ. (ނިމުނީ)
ސުވާލު:
- ވާހަކައިން ދަސްވި ‘ށަވިޔަނި’ އަކުރު ހިމެނޭ އެއްޗެއްގެ ނަން ލިޔޭ!
- ‘ށަވިޔަނި’ ހިނގަމުން ދަނިކޮށް ދިމާވީ ފުރަތަމަ ކޮން އެއްޗަކާތަ؟
- ށަވިޔަނި ކެއްކީ ކޮން ކަހަލަ ރިހައެއްތަ؟
- ވާހަކަގައި އުޅޭ ތަށި އުފާވީ ކީއްވެ؟
ޖަވާބުތައް:
- ބަށި، ތަށި، ށަވިޔަނި
- ތަށްޓަކާއި
- ބަށި ރިހަ
- ތަށި ބޭނުންކުރާނެ މީހަކު ލިބުނީމަ.