ލައިފްސްޓައިލް

ނާރެސް އެކްސްޕްލެއިން: ހަމައަށް ނިދާ މީހުންގެ ބަރުދަން ލުއިވާކަން އެނގޭތަ؟

ބަރުދަން ލުއިކުރަން ކުރާމަސައްކަތުން ކާމިޔާބެއް ނުލިބި މާޔޫސްވަނީ ދޯއެވެ؟ އެއްވެސް ކަމެއް ރަނގަޅަށް ކުރެވުމުގެ އިޙްސާސް ނުވޭދޯއެވެ؟ ބަރުދަން ލުއިކުރަން ޖިމަކަށްދާންވެސް މިހާރު ވަނީ ފޫހިދޯއެވެ؟  އެހެންކަމަށް ވާނަމަ މިއޮތީ ރަނގަޅު ގޮތެކެވެ.

 ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ، ނިދުމުގެ މިންވަރު ވެސް ޑައިޓް ކުރުމާއި ކަސްރަތު ކުރުމެކޭ އެއްގޮތަށް މުހިންމު ކަމަކަށް ހަދާށެވެ. ނިދި ހަމަކުރާށެވެ.

ނިދަން އޮށޯތުމަށް ވަރަށް ބޮޑަށް ރިލެކްސް ވާ ކަހަލަ ތަންމައްޗެއް އިޚްތިޔާރުކުރާށެވެ. އެމީހަކަށް އެންމެ އެކަށީގެންވާ ތަންމައްޗެއް އެނގޭނީ ހަމަ އެމީހަކަށެވެ. ބައެއް މީހުންނަށް ހަރު ގޮދަޑި އަނެއްބައި މީހުންނަށް މަޑު ގޮދަނޑި ކަމުހިގައިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ރަނގަޅު ގޮތެއް ކަނޑައަޅާށެވެ. އެފަދަ ތަންމައްޗެއް ހޯދާށެވެ.

އެފަދަ އަރާމް ތަންމައްޗެއްގައި ނިދާމީހަކު އެނޫން ތަނެއްގައި ނިދާމީހަކަށްވުރެ ބަރުދަން ލުއިވާލެއް އަވަސްވާނެއެވެ. އަދި މިފަދަ އަރާމް ތަންމައްޗެއްގައި ނިދާފައި ހެނދު ހޭލައިގެން އިތުރު ކަސްރަތު ކުރާނަމަ ވަރަށް އަވަހަށް ބަރުދަން ލުއިވާކަން އިޙްސާސް ކުރެވޭނެއެވެ.  

މިކަމުގެ ފަހަތުގައިވާ ސައިންސްގެ ޙަޤީޤަތަކީ، ނޭވާލުމާއި، ސްވީޓްނާ ވުމުގެ ސަބަބުން ނިދަން އޮށޯންނައިރު ބަރުދަން ލުއިވުމެވެ. ނަމަވެސް ނިދި މަދުވުމުގެ ސަބަބުން ބަރުދަން އިތުރުވުމަށް މަގުފަހިވެ އެވެ. ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ނިދި މަދުވުމަކީ މެޓަބޮލިކް ރޭޓް ދަށްވެ ހަކަތައަށް ކުރާ ހޭދަ %20 ދަށްވުމަށް މަގުފަހިވާ ކަމެކެވެ.

ކެއުމަށްބަލައިގެން ކެއުމާއި، ޤަވާއިދުން ކަސްރަތު ކުރިޔަސް ބަރުދަން ލުއިކުރަން އުނދަގޫވާ ގިނަ ބަޔަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ނިދި ނުލިބުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ނިދި މަދުވުމަކީ ސިއްޙީ ގޮތުން ރަނގަޅު ކާނާ އިޙްތިޔާ ކުރުން މަދުވުމާއި ބަނޑުހައިހޫނުކަމާއި ކެލޮރީ އިތުރުވުމާއި ޖިސްމާނީ ހަރަކާތްތައް މަދުވުމާއި އެންމެ ފަހުން ބަރުދަން އިތުރުވުމާ ގުޅިފައިވާ ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ އެކަށީގެންވާ ވަރަށް ނިދި ލިބޭނަމަ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ސަބަބުތަކެވެ.

  • ކެލޮރީ ސްކެލަރީ އިތުރުވިޔަ ނުދިނުމަށް އެހީތެރިވެދެއެވެ.

ރަނގަޅަށް 8 ގަޑިއިރު ނިދި ލިބުމަކީ ބަނޑުހައިހޫނުކަން އިޙްސާސްވިޔަ ނުދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

  • އަވަހަށް ނިދުމަކީ ރޭގަނޑުގެ ނާސްތާއިން ދުރުކޮށްދޭނެ ކަމެކެވެ.

ރޭގަނޑު އަވަހަށް ނިދުމަކީ ބަރުދަން ލުއިކުރުމުގެ ތަޅުދަނޑި ހިފަހައްޓައިދޭ ކަމަކަށް ވެދާނެ އެވެ. މިކަމުގެ ސަބަބުން ރޭގަނޑުގެ ނާސްތާ އަށް ހުރަސް އެޅެއެވެ. އޭރުން ރޭގަނޑު ނުކައި ހަމަޖައްސައި ލެވިދާނެއެވެ.  

  • މެޓަބޮލިޒަމް އަށް ފައިދާ.

އެކަށީގެންވާ މިންވަރަށް ނިދި ލިބުމަކީ އެކަށީގެންވާ ވަރަށް ނިދި ނުލިބުމުން ދިމާވެދާނެ މެޓަބޮލިޒަމް ދަށްވުމުން ދުރުވުމަށް އެހީތެރިވެދޭ ކަމެކެވެ.

ތިބާގެ އަރާމު މެޓަބޮލިކް ރޭޓް (އާރްއެމްއާރް) އަކީ އަރާމު ތަންމަތި ގައި ނިދާއިރު ހަށިގަނޑުގައި އަނދާ ކެލޮރީގެ އަދަދެވެ. ނިދުމުގެ މުއްދަތު އާރުއެމްއާރް އަށް އަސަރުކޮށްފާނެ އެވެ.

  • ޖިސްމާނީ ހަރަކާތް އިތުރުކޮށްދޭ.

ނިދި މަދުވުމަކީ ޖިސްމާނީ ހަރަކާތް މަދުވުމާއި، ނިދި ހަލާކުވުމަށް މަގުފަހިވެދާނެ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ކަސްރަތު ކުރުމަކީ ނިދި ނައުމަށާއި ހުރިހާ އުމުރެއްގެ މީހުންގެ މެދުގައި ވެސް ނިދުމުގެ ޖުމްލަ ކޮލިޓީ މަތިކުރުމަށް ނަގާ ވަގުތު މަދުކުރެވިދާނެ ކަމެކެވެ.

  • ހަވީރު ކަސްރަތު ކުރުން.

ބަރުދަން ލުއިކުރުމުގެ ބޭނުމުގައި، ހަވީރު ކަސްރަތު ކުރުމުން، މެޓަބޮލިޒަމް ރޭޓް އިތުރު ކުރެވިދާނެ އެވެ.

މިއީ ނިދާފައި އޮންނައިރު ބަރުދަނުން އިތުރު ކިލޯ ތައް ވިރުވާލުމަށް އެހީތެރިވެދޭ ކަންކަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close