ލައިފްސްޓައިލް

ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު އެކައްޗަކީ ދިރި ފެން

ބަނޑުގެ ފެޓް މަދުކޮށް ބަރުދަން ލުއިކުރުމަކީ ތިބާގެ ސިކުނޑީގައި ވާ ކަމެއް ނަމަ، އަޅުގަނޑުގެ ތެރެއިން ބައެއް ފަރާތްތަކުން މިހާރުވެސް ބޭނުން ކުރަމުންދާ އިތުބާރުކުރެވޭ މި ރެސިޕީ ގެ އަޖުމަ ބަލައިލުން ކީއްތޯއެވެ. ބަރުދަން ލުއިކުރުމުގެ އިތުރުން ދިރި ފެނަކީ ތިބާގެ ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާތީ މިއީ ވަރަށް ރަނގަޅު ބުއިމެއްކަމަށް ބެލެވިދާނެއެވެ.

ހަޖަމް ކުރުމުގެ ނިޒާމް ސާފުކުރުމަށާއި ހަޖަމުކުރުން ރަނގަޅުކުރުމަށް ދިރިފެން ތައްޓަކާއި އެކު ދުވަސް ފަށާށެވެ. ދިރިފެނަކީ ހަމައެކަނި ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ އެއްޗެއް ނޫނެވެ. މީގެ އިތުރުން ބަނޑުގައި ރިއްސުމާއި، ބަނޑުގެ ތަފާތު ބަލިތަކަށްވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ.

ދިރި ޑިޓޮކްސް (ދިރިފެން) ޑްރިންކަކީ އިންޑިއާގެ ގޭބިސީތަކުގައި އާދަޔާ ހިލާފު ފަރުވާއެކެވެ. އާންމު ގޮތެއްގައި އެމީހުން މިއަށް ކިޔަނީ ދިރި ވޯޓާ ނުވަތަ ޖިރާ ޕާނީ އެވެ. މިއީ އިފެކްޓިވް ގްރޭންޑްމާގެ ހެކްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަޝްހޫރުވެފައިވާ ހެކްއެކެވެ.

ތަޖުރިބާކާރު ނިއުޓްރިޝަނިސްޓް އަނީތާ ޖެނާގެ ކިބައިން ފިލާވަޅު ލިބިގަނެ، ގަވާއިދުން ދިރިފެން ބޭނުންކުރުމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ދުޅަހެޔޮ ސިއްހަތަކަށާއި ފިޓްނަސްއަށް ދިރިފެން މަސައްކަތް ކުރާ ގޮތް ބަލާލަމާ ހިނގާށެވެ.

1. ކެލޮރީސް މަދުވުން.

އެއް ސައިސަމުސާ ދިރީގައި ގާތްގަނޑަކަށް 20 އާއި 21 ގްރާމް ހުންނައިރު، އޭގެ ތެރޭގައި ހުންނަނީ އެންމެ 8 ކެލޮރީސް އެވެ. އެހެންކަމުން ދިރި ފެން ބުއިމުން ހަށިގަނޑަށް އިތުރު ކެލޮރީސް އެއް ނުގެނެސްދެ އެވެ.

2. ހަށިގަނޑުގެ ގުނަވަންތައް ޑިޓޮކްސިފިސް ކޮށްދޭ

ދިރީގައި ހުންނަ އަލްޑިހައިޑް، ތައިމޯލް އަދި ފޮސްފަރަސް އަކީ ރަނގަޅު ޑިޓޮކްސިފިކޭޓިން އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ އެއްޗެކެވެ. އެހެންކަމުން ބަރުދަން ލުއިކުރުމަށް ބޭނުންވާ ނަމަ ދިރި ފެނަކީ މުހިންމު އެއްޗެކެވެ. އަދި ހަށިގަނޑުގެ ނިޒާމުން ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

3. ގޭސް އުނދަގޫ ކުޑަކޮށްދޭ

ދިރި އަކީ ބަނޑުގައި ގޭސް އުފެއްދުމަށް ފުރުސަތު ދޭ އެއްޗެއް ނޫނެވެ.

މިއީ ފައިބަރުގެ މުއްސަނދިކަން އެކުލެވިގެންވާ ވަސީލަތަކަށް ވާތީ، އޭގެ ކޮންސަމްޕްޝަންގެ ސަބަބުން ލުޔެއް ލިއްބައިދޭ އެއްޗެކެވެ. ބޮލުގައި ރިއްސުމުގެ މައްސަލަ ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. ބަނޑަށް ބަރު ކާނާ އެއް ކެއުމަށްފަހު ދިރި ފެން ބޯށެވެ.

4. މެޓަބޮލިޒަމް އިތުރުކޮށްދޭ

ދިރި އަކީ ވިޓަމިންސް އާއި މިނަރަލްސް އިން މެޓަބޮލިޒަމް އަވަސްކޮށްދީ، ވިޓަމިންސް އާއި މިނަރަލްސް އިން މުއްސަނދިވާ ބާވަތެކެވެ. އޭގެ ބަދަލުގައި ހަށިގަނޑުން އިތުރު ކެލޮރީސް އަންދައިދިނުމަށް އެހީތެރިވެދެއެވެ. އެންމެ ރަނގަޅު ނަތީޖާއަކަށް ދިރި ފެނުގައި ލެމަން ޑްރޮޕްމިކްސް ކޮށްލެވިދާނެ އެވެ.

5- ހަޖަމުކުރުމުގައި އެހީތެރިވެދޭ

ދިރި އަކީ ހަޖަމުކުރުމުގެ މައްސަލަތަކަށް އޮތް ޓްރެޑިޝަނަލް ފަރުވާއެއްގެ ގޮތުގައި މަގުބޫލު އެއްޗެކެވެ. މި މީރު ވަހާއި އޭގެ ވަރުގަދަ އެރޯމާ އާއި ރަހައާއެކު، މިއީ ވެސް ގުދުރަތީ ސިއްހަތަށް ފައިދާ ހުރި އެއްޗެކެވެ. މިއީ ހަޖަމުކުރުމުގެ މަސައްކަތަށް އެހީވެދޭ އިންފްލެމޭޓަރީ އެންޒައިމްތައް ޕްރޮމޯޓްކޮށްދޭ އެއްޗެކެވެ.

6. އެންޓި-އިންފްލެމޭޓަރީ ފައިދާތައް

ދިރިގައި ހިމެނޭ ބަޔޯ އެކްޓިވް ކޮމްޕައުންޑަކީ އޭގެ އެންޓި-އިންފްލެމޭޓަރީ ޕްރޮޕަޓީސްތަކުގެ މަޞްދަރެވެ. އެ ބުއިން ބުއިމަކީ ބޮލުގައި ރިއްސުމުގެ މައްސަލައަށް އެހީތެރިވެދޭ ކަމެކެވެ. މީގެ ސަބަބުން ހަށިގަނޑުގައި އިންފްލެމޭޝަން އުފެދުމުގެ ސަބަބުން އޮބީސިޓީ އަށް މަގުފަހިވެއެވެ. ހަށިގަނޑުގައި ހުންނަ ލޮކިމަސްތައް ދުއްވާލުމަށް ދިރި ހޫނު ފެނުގައި ބަހައްޓައިގެން ބޯށެވެ.

7. އިމިއުނިޓީ އިތުރުކޮށްދޭ

ދިރީގައި ވިޓަމިން ސީ، ދަގަނޑު އަދި ފައިބަރު ގިނަވުމަކީ އިމިއުނިޓީ ބޫސްޓާއެއްގެ ގޮތުގައި އައިޑިއަލް ސަޕްލިމެންޓަކަށް ހަދައިދޭ ކަމެކެވެ. ދިރިން މީރު ވަސް ލިބެނީ އެންޓިވައިރަލް އަދި އެންޓިބެކްޓީރިއަލް ޕްރޮޕަޓީސް އާ އެކުގަ އެވެ. އެހެންކަމުން ބަރުދަން ލުއިކުރުމަށާއި ފިނި އަދި ކެއްސުން ފަދަ ސީޒަނަލް ރޯގާ ތަކާ ދުރުކޮށްދީ ތިބާގެ މުޅި ސިއްހަތު ރަނގަޅުކުރެވިދާނެ ކަމެކެވެ.

ދިރިފެން ތައްޔާރުކުރާނެ ގޮތް

  1. ނޮން-ރިއެކްޓިވް ޕޮޓެއް ނުވަތަ ޕޭން އަކަށް ޖޯޑެއްގެ ފެން އެޅުމަށްފަހު އޭގެ ތެރެއަށް 20 ގްރާމް ހުންނަހާ ދިރި އަޅާލާށެވެ. ދިރި ހިމުންކޮށް މުގުރާފައިވެސް ފެން ފޮދު ތެރެއަށް އެޅިދާނެ އެވެ. މުގުރުމުން އޭގެ ރަހައާއި، ތާސީރު އިތުރުވާނެ އެވެ.
  2. ދެން މަޑުގިނީގައި ބަހައްޓައިގެން ކައްކާލާށެވެ. ފެންފޮދު ކެކިގަތުމުން އުނދުން ނިވާލާށެވެ.
  3. ތާފާނާކޮށްހުއްޓާ ބޯށެވެ.

ނޯޓް: ކޮންމެ ދުވަހަކުވެސް ހުސްބަނޑާހުރެ މީގެ ދިރިފެން ޖޯޑެއް ބޯށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close