ލައިފްސްޓައިލް

ކަޅުކުރާ ބޭސް ބޭނުން ނުކޮށް ބޮލުން ނުރަފިލުވަން ބޭނުންތަ؟

ޢުމުރުން 30 ގެ މައްޗަށް އަޅާއިރު ބައެއް މީހުންގެ ބޮލާއި، ތުނބުޅީގެ އިސްތަށިގަނޑު ވަރަށް ބޮޑަށް ނުރަވެފައިވާތީ ފެނެއެވެ. އެކަމަށް އޮތް ހަމައެކަނި ހައްލަކީ ކަޅުކުރާ ބޭސް އުނގުޅުން ކަމުގައި ނޫނީ ގިނަމީހުންނަކަށް ނުފެނެއެވެ. އެކަމަކު އެއީ ބައެއް މީހުންނަށް އެހާ ކަމުދާ ކަމެއްނޫނެވެ. ދީނީ ގޮތުން ބަލާއިރުވެސް އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ޢިލްމްވެރިންގެ ބަސްފުޅުތަކުން އެނގެއެވެ.

އެހެންކަމުން މިކަމަށް ރަނގަޅު ހައްލެއް ބޭނުންވެފައިތިބި މީހުން މަދެއްނުވާނެއެވެ. ކަޅުކުރާ ބޭސް ނުވަތަ ކަޅުހީނާފަތް ނޫން އެހެން ގޮތެއް އެފަދަ ފަރާތްތަކަށް ބޭނުންޖެހިފައިވާއިރު މިއޮތީ އެކަމަށް ޙައްލެއް ލިބިފައެވެ.

އިސްތަށިގަނޑު ނުރަވާތީ ކަޅުކުރަން ސެލޫނަކަށްވެސް ދާކަށް ނުޖެހެއެވެ. އެއްވެސް ޚަރަދެއް ނުކޮށް މިކަމަށް އޮތް އެންމެ ފަސޭހަ އަދި ކާމިޔާބު ހައްލު ހޯދުމަށް ކުޑަ ހިކަދިފަތްކޮޅެއް ހޯދާށެވެ.

މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ. އިސްތަށިގަނޑަށް ފުދޭ ވަރަށް ހިކަނދިފަތްކޮޅެއް ހޯދާފައި އޮލަ ޕޭސްޓެއް ހުންނަ ގޮތަށް ފުނޑައިލާށެވެ. ދެން ބޮލުގެ އިސްތަށިތަކުގައި ރަނގަޅަށް ހޭކޭ ވަރަށް އުނގުޅާށެވެ. އެއަށް ފަހު ވިއްސަކަށް މިނެޓް ވަންދެން ބަހައްޓާށެވެ. އޭގެ ފަހުން ރަނގަޅަށް ދޮވެލާށެވެ. ބޮލުން ވަސް ފިލައިގެންދާ ވަރަށް ދޮވެލަން ވާނެ އެވެ.

އެއަށް ފަހު އިސްތަށިގަނޑަށް އިތުރު ފުރިހަމަކަމެއް ގެންނަން ބޭނުން ނަމަ ކާށި ތެޔޮފޮދެއް އުނގުޅައިލާށެވެ. ނުވަތަ ކޮންމެވެސް ބާވަތެއްގެ ރަނގަޅު ހެއަރކްރީމް ކޮޅެއް އުނގުޅާލާށެވެ.

މިހެން ހެދުމުން އިސްތަށިގަނޑުގެ ވިދުން ގަދަވެ، އިސްތަށިގަނޑު މަޑު ވެސް ވާނެ އެވެ. އަދި ނުރަތައް މަޑުމަޑުން ފިލަމުން ގޮސް ދުވަސްކޮޅަކުން އެއްކޮށް ކަޅުވާނެއެވެ.

ހިކަނދިފަތް ފުނޑައިގެން ތައްޔާރުކޮށްފައިވާ ޕޭސްޓް

ހިކަނދިފަތު ޕޭސްޓް މަދުވެގެން ހަފްތާއަކު 3 ދުވަހު ބޭނުންކުރަންވާނެއެވެ. ކޮންމެ ދުވަހަކު އެއްފަހަރު ބޭނުން ކުރުމުން ނަތީޖާ ނެރެވޭލެއް އަވަސްވާނެއެވެ.

ހިކަނދި ފަތަކީ މިނޫނަސް ސިއްޙީ އެތައް ފައިދާތަކެއް އެކުލެވޭ ފަތެކެވެ. އެގޮތުން ހިކަނދި ފަތަކީ ބަނޑު ފަސޭހަކޮށްދޭ އެއްޗެއްވެސް މެއެވެ. ހަޖަމު ގޯސްވެފައިވާނަމަ ހިކަނދި ފަތުން ޖޫސް ތައްޔާރުކުރުމަށްފަހު ލުނބޯ ޖޫހާ އެއްކޮށްގެން ބޭނުންކުރެވިދާނެ އެވެ. މިއީ ވަރަށް ރަނގަޅު ފަރުވާއެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close