ޚަބަރު

މި ގަރުނުގެ އެންމެ ދިގު ހަނދުކޭތަ ނޮވެމްބަރ 19 ގައި

މި ގަރުނުގެ އެންމެ ދިގު ހަނދުކޭތަ މިމަހުގެ 19 ގައި ހިފާނެކަމަށް ނާސާގެ ސައިންސްވެރިން ބުނެފިއެވެ.

މިމަހުގެ 19 ވަނަ ދުވަހުގެ ފަތިހު އިރާއި ހަނދާ ދެމެދު، ދުނިޔެ ހިނގައި، ހަނދުގެ މައްޗަށް ހިޔަނި އެޅިގެންދާނެއެވެ. އިރުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 19 ވަނަދުވަހުގެ  ފަތިހު 4 ޖަހާއިރު ކަމަށާއި، އިރުގެ އަލިން ފުރިހަމަ ހަނދުގެ 97% ފޮރުވި، އެކަމުގެ ސަބަބުން ހަނދަށް ރަތް ކުލަ އަރާފައި ހުންނާކެމަށްވެސް ސައިންވެރިން ލަފާކުރެއެވެ.

ނާސާއިން ބުނާ ގޮތުގައި،މިއީ 2001 ވަނަ އަހަރާއި 2100 ވަނަ އަހަރާ ދެމެދު ހިފާ އެންމެ ދިގު ކޭތައެވެ.  3 ގަޑިއިރާއި 28 މިނެޓާއި 23 ސިކުންތުގެ ދިގު މިނަށް ދެމިގެންދާނެ ކަމަށްވެސް ނާސާއިން ބުނެއެވެ. އަދި މިކޭތަ އެންމެ ސާފުކޮށް ރީތިކޮށް ފެންނާނީ ނޯތް އެމެރިކާއަށް ކަމަށްވެސް ނާސާއިންވަނީ ބުނެފައެވެ.

މިހަނދުކޭތަ ދިވެހިރާއްޖެއަކަށް ނުފެންނާނެއެވެ. އެހެނީ ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި ނޮވެމްބަރ 19 ވަނަ ދުވަހު ރާއްޖެއަށް ހަނދުއަރާނީ އެދުވަހުގެ 9:53 ގައެވެ. އަދި އެރޭ 22:05 ގައި ހަނދު އޮއްސޭނެއެވެ. 12 ގަޑިއިރާއި، 12 މިނިޓް އިރު ހަނދު ފެންމަތިވެފައި ހުންނައިރު ކޭތަ ހިފާއިރު ރާއްޖެއަށް ހަނދުއޮއްސޭނެއެވެ.  

އިރުކޭތަ ނުވަތަ ހަނދުކޭތަ ހިފަނީ، ދުނިޔޭގެ ވަށައިގެން ހަނދު ދައުރުކޮށް، އަދި އިރުގެ ވަށައިގެން ދުނިޔެއާއި ހަނދު ދައުރުކުރާތީ އެވެ. އެތަކެތި ދައުރުކުރަމުންދާއިރު، ބައެއްފަހަރު، އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަދެ އެވެ. މިހެން ވާއިރު، ހިފަނީ، ހަނދުކޭތަ އެވެ. ބައެއްފަހަރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ އެވެ. މިހެންވާއިރު ހިފަނީ އިރުކޭތަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close