ޚަބަރު

މާދަމާރޭ ހަނދުކޭތައެއް ހިފަނީ، އެކަމަކު އެހާ ސާފެއް ނުވާނެ

މާދަމާރޭ ހަނދުކޭތައެއް ހިފާނެކަމަށާއި، އެކަމަކު ރާއްޖެއަށް އެހާސާފުކޮށް އެކޭތަ ނުފެންނާނެކަމަށް މެޓްއޮފީހުން ބުނެފިއެވެ.


މެޓްއޮފީހުން ބުނީ މާދަމާ ރޭ ހިފާ ހަނދުކޭތަ ހިފަން ފަށާނީ ރޭގަނޑު 8:15ގައެވެ. އަދި, ހަނދު ކޭތަ ހިފާ ނިމޭނީ މެންދަމު 12:30 ގައެވެ.

މެޓް އޮފީހުން ބުނީ ހަނދުކޭތަ ހިފާ ވަގުތު އެންމެ ގަދައަށް ހިފާނީ ގަޑިން 10:22ގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މެޓް އޮފީހުން ބުނީ މާދަމާ ރޭ ހިފާ ހަނދު ކޭތައަކީ ފަނޑު އަލީގެ ކޭތައެއް ކަމަށާއި އެހާ ސާފެއް ނުވާނެ ކަމަށެވެ. ސަބަބަކީ މި ދުވަސްކޮޅު ވިއްސާރަވެ، މޫސުން ގޯސްވުމާ ގުޅިގެން ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި، އުޑުމަތު ސާފުނަމަ މި ކޭތަ ސާފުކޮށް ފެންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ހަނދު ކޭތަ ހިފާއިރު ހިޔަންޏެއް ގޮތަށް ފެންނާނެތީ އެހާ ސާފު ނުވުމުގެ ސަބަބުން ކޭތަ ނަމާދު ކުރަން ނިންމާފައިނުވާ ކަމަށެވެ.

މިއީ މި އަހަރުގެ ދެވަނަ ކޭތައެވެ. މީގެ ކުރިން ވަނީ އިރުކޭތައެއް ހިފައިފައެވެ.

މާދަމާ ރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ އިތުރުން ސަރަޙައްދީ އެހެން ޤައުމުތަކަށް ވެސް ފެނިދާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. އެހެންނަމަވެސް ފެންނާނީ ފަނޑު ހިޔަންޏެއް ގޮތަށް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ހަނދު ކޭތައަކީ ހަނދު މަހުގެ މެދު ތެރޭގައި ހިފާ ކޭތައެކެވެ. މި ކޭތަ ހިފަނީ ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close