ޚަބަރު

އިންޑޮނޭޝިޔާގައި ފެންބޮޑުވުމުގެ ސަބަބުން 5 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާގެ ޖާވާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފަސް މީހުން މަރުވެ ހަތަރު މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިންޑޮނޭޝިއާގައި ފެންބޮޑުވުމުގެ ސަބަބުން އެތައްބަޔަކު ހާލުގައި ޖެހިއްޖެހިފައިވާއިރު، ބޯކޮށް ވާރޭވެހޭތީ ކިސަޑުފޭބުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތަށްވެސް ވަނީ ހުރަސްއެޅިފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީން ބުނެފައިވަނީ، މައުންޓް އަރުޖުނޯގެ އައްސޭރިފަށުގެ ކޯރުތައް ބުރާސްފަތި ދުވަހު ބަންޑުންވެ، އެކޯރުތަކުގެ މެޑީ ވޯޓަރސް އިން އިރުމަތީ ޖާވާ ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ކޯޓާ ބާޓޫގައި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި 15 މީހަކު ރައްކާތެރި ހިސާބުތަކަށް ޖައްސައި، ފަސް މީހަކު ފަހުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ އޭޖެންސީގެ ވެރިޔާ ގަނިޕް ވަރްސީޓޯ ވިދާޅުވީ، ފެބްރުއަރީ މަހާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީހުން ސަލާމަތްކުރާ ފަރާތްތަކުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ބްރެންޓާސް ކޯރު ބޭސިން ކައިރިން މީހެއްގެ ހަށިގަނޑު ހޯދާފައި ކަމަށާއި ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިތުރު މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ އޭޖެންސީގެ ވަގުތީ ތަރުޖަމާނު އަބްދުލް މުހާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

ގެއްލުނު 8 މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close