ޚަބަރު

ދީނާދެކޮޅަށް ހިންގާ ޢަމަލުތަކާމެދު ކުރިމަގުގައި ކަންކަން ކުރާނެ ގޮތްތަކެއް ޢިލްމްވެރިން ނިންމަވައިފި

އިސްލާމ ދީނާދެކޮޅަށް ރާއްޖޭގައި ހިންގާ ޢަމަލުތަކާމެދު ކުރިމަގުގައި ކަންކަން ކުރާނެ ގޮތްތަކެއް ދީނީ ޢިލްމްވެރިން ނިންމަވައިފިއެވެ.

މިފަދަ ނިންމުންތަކެއް ރާއްޖޭގެ ބައެއް ޢިލްމުވެރިން ރޭ ނިންމަވާފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށް ޖޯކުޖަހައި، މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން ބޭއްވި ބައްދަލުވުމެއްގައެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށް ޖޯކުޖަހައި، މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިން އިސްނަގައިގެން ރޭ ބޭއްވި ބައްދަލުވުމުގައި މި ރިޕޯޓުގައި ހުރި ކަންތައްތަކާއިމެދު މަޝްވަރާކޮށް، މިކަމުގައި އަމަލުކުރާނެ ގޮތްކާއި ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

މިރޭގެ ބައްދަލުވުމުގައި ނިންމި ކަންކަން ވަރަށް އަވަހަށް ހާމަކުރާނެކަމަށް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅަކު ވަނީ ވިދާޅުވެފައެވެ. އަދި މިބައްދަލުވުމުގައި ދީނީ ވަހުދަތު ނަގަހައްޓައި، ދީނީކަންކަމުގައި އިލްމުވެރިން އެކުގައި މުސްތަޤުބަލުގައިވެސް މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ.

މިބައްދަލުވުގައި ދީނީ ގިނަ އިލްމުވެރިންތަކެއް ބައިވެރިވެވަޑައިގެންފައިވާއިރު، މިބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ އިސްބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިރޭގެ މިބައްދަލުވުމަކީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން ނެރުނު ރިޕޯޓާއިގުޅިގެން ދީނީ އިލްމުވެރިންނާއި، ސިޔާސީ އިސްބޭފުޅުންނާއި، ގިނަ އާންމު ރައްޔިތުންތަކެއް ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ބާއްވައިފައިވާ ބައްދަލުވުމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close