ޚަބަރު

އޮނަރަބަލް ޤާސިމް އިބްރާހީމް އަށް ވެރިކަން ލިބޭނެ ފޯމިއުލާއެއް!

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ސިޔާސީ ދާއިރާގައި މިހާރު ތިއްބެވި ހަރުދަނާ ލީޑަރުންގެ ތެރެއިން 2023 ވަނައަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް އެންމެ ރަނގަޅު ސިޔާސީ ލީޑަރު ކަމުގައި ގިނަޔަބަޔަކު މިހާރު ޤަބޫލުކުރެއެވެ. ނަމަވެސް ހިތާމައަކީ އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ފޮމިއުލާއެއް އަދި މިހާތަނަށް ކަށަވަރު ވެފައި ނުވުމެވެ.

ސިޔާސީ މަޝްރަހުގައި މިހާރު ފެންނަމުން މިދާ ކުލަވަރުތަކަށް ބަލާނަމަ އޮނަރަބުލް ޤާސިމް އިބްރާހިމަށް ވެރިކަން ލިބިވަޑައިގެން ފާނެ ފޮމިއުލާއެއް މިއޮތީ ކަށަވަރު ވެފައެވެ. މި ފޮމިއުލާއަކީ މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވި ފޮމިއުލާއެކެވެ.

އޮނަރަބުލް ގާސިމަށް މިފަހަރު ވެރިކަން ލިބިވަޑައިގަންނަވާނެ ހަމައެކަނި ފޯމިއުލާއެއްކަމަށް އުސްތާޛް ނިޝާން ވިދާޅުވީ ރައީސް ނަޝީދު އެމަނިކުފާނަށް ތާއީދު ކުރެއްވުމުންކަމުގައެވެ. ރ.ނަޝީދު، އޮނަރަބްލް ޤާސިމަށް ތާއީދުކުރައްވައިފިނަމަ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ނަންގަވާނެ ބޭފުޅަކީ ޤާސިމް އިބްރާހީމްކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެވަރުން % 51 ނުލިބިދާނެއެވެ. އެކަމަކު % 41 ލިބޭނެކަމީ ހަމަ ޔަޤީންކަމެއްކަމަށް ނިޝާން ޖެއްސެވި ހިސާބުން ދައްކައެވެ.

ފަހަތުން ޤާސިމް އިބްރާހީމްއާއި ވާދަކުރައްވާނީ ޕީޕީއެމް ކަމަށާއި، % 31 ހޯދަވާނެ ޕީޕީއެމް ހޯދާނެކަމަށް ލަފާކުރެވޭކަމަށް ނިޝާން ވިދާޅުވިއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު، ޕީޕީއެމްގެ ފަހަތުން ވާދަކުރައްވާނެކަމަށާއި، ރައީސް ކާމިޔާބުކުރައްވާނެ އިންތިހާބުގެ % 28، ކަމަށް ލަފާކުރެއްވޭއިރު، ބާކީ އޮތް % 6 އަކީ އެހެން ޕާރޓީތަކުން ކޮންޓްރޯލް ކުރާނެ އަދަދުތައްކަމަށް ދެކޭކަމަށް ނިޝާން ފާހަގަކުރިއެވެ.

ރައީސް ނަޝީދު، ޤާސިމް އިބްރާހީމްއަށް ތާއީދުކޮށް ޤާސިމް ނުކުނަވައިފިނަމަ ދެވަނަ ބުރެއްގައި ޤާސީމްއާއި ވާދަކުރައްވާނެ ކަމަށް ޤަބޫލުކުރަނީ އިދިކޮޅު ޕީޕީއެމްކަން ކަމަށް ވިދާޅުވަމުން ނިޝާން ފާހަގަކުރި ގޮތުގައި މިހާލަތުގައި ރައީސް ޞާލިހުއަށްވެސް ޤާސިމްއަށް ތާއީދުކުރަން މަޖުބޫރުވާނެކަމަށާއި، ހަމަ ޔަޤީނުންވެސް ރައީސް ޞާލިހު ޕީޕީއެމްއަށް ތާއީދުކުރާނެކަން ޤަބޫލުކުރަން އުނދަގޫކަމަށެވެ.

އެހިސާބުން ޤާސިމް ފަސޭހަ ކަންމަތީ އިންތިހާބު ކާމިޔާބުކުރެއްވުމުން ދެން ފެށޭނީ ޖުމްހޫރީ ޕާރޓީގެ ވެރިކަމެއްކަމަށާއި، އަޅުގަނޑު މިދެންނެވި ގޮތަށް ރައީސް ނަޝީދު ނިންމަވައިފިނަމަ 2023 ނޮވެމްބަރ 11 ވަނަ ދުވަހު މިރާއްޖޭގައި ހުވާކުރާނީ އޮނަބުލް ޤާސިމް އިބްރާހީމްކަމަށް އުސްތާޛް ނިޝާން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close