ޚަބަރު

ޢުމުރުން 3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަންފަށައިފި

ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާތީ އެމައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އުމުރުން ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓުމެންޓުން ބަލަމުންދާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީއިންވެސް ވަނީ އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފަ އެވެ. އަދި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

ފުުލުހުން ބުނީ، އެ ކުއްޖާއަށް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކައި، ނަފްސާނީ ގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަކަށް ދެއްކި ކަމަށެވެ. އަދި އެކަމާ ގުޅޭ ރިޕޯޓުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމުން ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ފުލުހުން ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close