ޚަބަރު

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅުއްވާ ބޭފުޅުންނަށް ދިރާގުން މިއޮތީ ރަނުގެ ފުރުޞަތެއް

ރާއްޖޭގެ އެންމެ ފުޅާދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކުށްދެމުންދާ ދިރާގުންވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާބާދުވަމުންދާ ހިޔާ ކަސްޓަމަރުންނަށް ވަރަށް ޙާއްސަ ޕްރޮމޯޝަންއެއް ހުޅުވާލާފައެވެ.

އެގޮތުން، 15 ނޮވެމްބަރ 2021 ކުރިން ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތައް އެދޭ ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ޖުމްލަ 50،000 ރ. ލިބޭނެއެވެ. ފުރަތަމަ ނަސީބުވެރި ފަރާތަކަށް 25،000 ލިބިގެންދާއިރު، ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 15،000 ރ. އަދި ތިންވަނަ ނަސީބުވެރިއަކަށް 10،000 ރ. ލިބޭނެއެވެ.

މީގެ އިތުރުން ދިރާގު ފައިބަރ ބްރޯޑްބޭންޑްއަށް އެދޭ ކަސްޓަމަރުންނަށް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރ އެއްވެސް ލިބިގެންދާނެއެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށްވެސް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑަރ) އެއްވެސް ލިބިގެންދާނެއެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކައި ގުޅާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި އެންމެ މަގުބޫލު މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީގެ ޚިދުމަތް ހޯދުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެކެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް އަދި މުނިފޫހިފިލުވުމުގެ ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ތައާރަފުކުރުމަށެވެ. 

އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3motHMD

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close