ބޮޑު ތަފާތަކުން ވަޓްފޯޑް ބަލިކޮށް ޕްރިމިއާ ލީގް ތާވަލުގެ އެއްވަނައަށް ލިވަޕޫލް އަރައިފި
އިނގިރޭސި ޕްރެމިއަރ ލީގް މެޗުތައް ބްރޭކަކަށް ފަހު އިއްޔެ ފެށިފައިވާއިރު، ފުރަތަމަ ކުޅެވުނު މެޗުގައި ބޮޑު ތަފާތަކުން ވަޓްފޯޑް ބަލިކޮށް ލީގު ތާވަލުގެ އެއް ވަނަ އަށް ލިވަޕޫލް ޖެހިލައިފިއެވެ.
ވަޓްފޯޑުގެ ދަނޑުގައި ކުޅެވުނު މިމެޗު ލިވަޕޫލް ކާމިޔާބުކުރީ 5-0 އެވެ.
މި މެޗުގައި ލިވަޕޫލުގެ ފުރަތަމަ ގޯލް މެޗުގެ 09 މިނެޓަގައި މުހައްމަދު ސަލާހް ތަނަވަސް ކޮއްދިފުރުސަތެއްގައި އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މަނޭއެވެ.
ލިވަޕޯލްގެ ދެވަނަ ގޯލް ފުރަތަމަ ހާފުގެ 37 މިނެޓްގައި ބުރެޒިލްގެ ތަރި ފާމީނިއޯ ކާމިޔާބުކުރި އިރު ވަޓްފޯޑުގެ ކުޅުންތެރިންނައް މިހާފުގައި ލިވަޕޫލްގެ ގޯލައް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައި ނުވެއެވެ.
މެޗުގެ ދެވަނަ ހާފު ފެށުނުތަނާހެން ލިވަޕޫލުން ވަނީ ގާތްގާތުގައި އިތުރު ދެ ގޯލް ކާމިޔާބު ކޮށްފައެވެ. މި ގޮތުން މެޗުގެ 52 މިނެޓުގައި ލިވަޕޫލްގެ ތިންވަނަ ގޯލް ފާމީނިއޯ ކާމިޔާބުކުރި އިރު އޭގެ ދެ މިނެޓް ފަހުން މުހައްމަދު ސަލާހް ވަނީ ލިވަޕޫލަށް އިތުރު ގޯލެއް ކާމިޔާބު ކޮށްދީ މެޗުގެ ނަތީޖާ 4-0 ބަދަލުކޮއްފައެވެ.



