ޚަބަރުކުޅިވަރު

70 މިލިއަން ޕައުންޑަށް އެންތަނީ ގޯޑަން ބާސެލޯނާއަށް ބަދަލުވަނީ

ނިއުކާސަލް ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް އެންތަނީ ގޯޑަން، ގާތްގަނޑަކަށް 70 މިލިއަން ޕައުންޑުގެ އަގަކަށް ސްޕެއިންގެ ބާސެލޯނާއަށް ވިއްކާލުމަށް އެ ކްލަބުން އެއްބަސްވެއްޖެއެވެ.

ބަޔާން މިއުނިކުން ވެސް އޭނާ ހޯދަން މަސައްކަތް ކުރި ނަމަވެސް، ނިއުކާސަލްއިން ނިންމީ ބާސެލޯނާގެ ހުށަހެޅުން ގަބޫލުކުރުމަށެވެ. މި ޓްރާންސްފާގެ ފައިދާއިން 15 އިންސައްތަ އޭނާގެ ކުރީގެ ކްލަބު އެވަޓަންއަށް ލިބޭނެއެވެ.

ނިއުކާސަލްއިން ގޯޑަން ވިއްކާލަން ނިންމީ ނިމިދިޔަ ސީޒަން 12 ވަނައިގައި ނިންމާލަން ޖެހުމުން، ޓީމު އަލުން ބިނާކުރުމަށް ފައިސާ ހޯދުމުގެ ގޮތުންނެވެ. މި ވިޔަފާރިން ލިބޭ ފައިސާގެ އެހީގައި އެ ކްލަބަށް އާ ކުޅުންތެރިން ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ސީޒަނުގެ ފަހު މެޗުތަކުގައި ކޯޗު އެޑީ ހޯވް އޭނާ ބެންޗުގައި ބޭންދީވެސް މި ބަދަލަށް ވިސްނާފައި ކަމަށް ބެލެވެއެވެ.

ޓްރާންސްފާގެ ކަންކަން ނިމުމަކަށް އައިއިރު، ގޯޑަން މިހާރު ތައްޔާރުވަމުންދަނީ އިނގިރޭސި ގައުމީ ޓީމާއެކު އެމެރިކާގައި ބާއްވާ ތަމްރީނު ކެމްޕަށް ދިއުމަށެވެ. ސީޒަނުގެ ފަހު މެޗަށްފަހު ނިއުކާސަލްގެ ސަޕޯޓަރުން ވަނީ އޭނާއަށް ވަދާއީ ސަލާމެއް ކޮށްފައެވެ. މިއީ 2023 ވަނަ އަހަރު 45 މިލިއަން ޕައުންޑަށް ނިއުކާސަލްއާ ގުޅުނު ގޯޑަން، އެ ކްލަބު ދޫކޮށްދާ ފުރަތަމަ ފަހަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close