ޚަބަރު

ރައީސް ސޯލިހު ތ.ކަނޑޫދޫއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ.ކަނޑޫދޫއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސްގެ މިދަތުރުފުޅަކީ ކަނޑޫދޫގައި ފާހަގަކުރާ މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެ ރަށުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހަރަކާތްތައް އިންތިޒާމް ކުރަނީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީންނެވެ.

ރައީސް ބައިވެރިވެވަޑައިގެންނަވާ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ން 6:00 އަށެވެ. އަދި ރޭގަނޑު 8:30 ން 9:30 އަށެވެ.

ކަނޑޫދޫއަކީ ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ފާހަގަ ކުރެވޭ ރަށެކެވެ. ހާއްސަކޮށް އެ ރަށް މަޝްހޫރުވެފައިވަނީ ކުޅި ގަދަ މިރުހެއް ހައްދައި ރާއްޖޭގެ ބާޒާރަށް ނެރޭ ދަނޑުވެރިންތަކެއް އުޅޭ ރަށެއްގެ ގޮތުގައި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close